English Edition
Dhivehi Edition
އައްޑޫސިޓީ ލިންކުރޯޑު: ފޮޓޯ އަޒީމް

އައްޑޫ ސިޓީގެ ލިންކް ރޯޑް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ދުވެލި އަވަސްކުރުމަށްޓަކައި، އެ މަސައްކަތް އެހެން ބަޔަކާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، އައްޑޫ ލިންކް ރޯޑަކީ މިހާރު ވަރަށް ބޮޑަށް ހަލާކުވެ، އަވަހަށް ހަދަން ޖެހިފައިވާ މަގެއް ކަމަށެވެ. އަދި އެ މަގު އެކަނި ރަނގަޅު ފެންވަރަކަށް ހެދުމަށްވެސް ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އާރްޑީސީން މިހާތަނަށް މަގު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް، ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ ވީހާވެސް އަވަހަށް މަގުގައި ތާރު އަޅައި ނިންމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ލިންކް ރޯޑަކީ ވަރަށް ހަރަދު ބޮޑު ޕްރޮޖެކްޓަކަށް ވާތީ، ވީހާވެސް ހަރަދު ކުޑަ އަދި އަވަސް ގޮތަކަށް އެ މަސައްކަތް ނިންމުމަށްޓަކައި އެހެން ބަޔަކާ އެ މަސައްކަތް ހަވާލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، އާރްޑީސީއަށް އައްޑޫގެ އެހެން މަގުތައް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި، ލިންކް ރޯޑްގެ މަސައްކަތް ވަކިން އެހެން ބަޔަކާ ހަވާލުކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

 

ޓެގު