English Edition
Dhivehi Edition

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގައި ހުރި އަމިއްލަ ވިޔަފާރިތަކުގެ އައުޓްލެޓްތަކުން ކްރެޑިޓް ސްކީމަށް މުދާ ނެގޭނެ ގޮތް ހަދައިފިއެވެ.

އިއްޔެއިން ފެށިގެން، ޕީޕަލްސް ޗޮއިސްގައި ހުރި އަމިއްލަ ހަތް އައުޓްލެޓުގައި ހުރި މުދާ ކްރެޓިޑް ސްކީމުގެ ދަށުން ނެގޭ ގޮތަށް އެސްޓިއޯ އިން ވަނީ ހަދާފައިވާއިރު އެސްޓީއޯގެ ޕީޕަލްސް ޗޮއިސްގެ މެނޭޖަރު އަބްދުﷲ ސައީދު ވިދާޅުވީ އަމިއްލަ ވިޔަފާރިތަކުން ހިންގާ ސްޓޯލްތަކުން ކްރެޑިޓް ސްކީމްގެ ދަށުން ތަކެތި ނެގޭ ގޮތް ހެދީ އެކަމަށް ގިނަ އަދަދެއްގެ އާންމުން އެދެމުންދާތީ ކަމަށެވެ.

އެސްޓިއޯ ކްރެޑިޓް ސްކީމްގެ ދަށުން ސަރުކާރުގައި މަސައްކަތް ކުރާ ފަރާތްތަކަށާއި، އެސްޓީއޯގެ ކްރެޑިޓް ސްކީމަށް އެއްބަސްވެފައިވާ އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނަށް މުދާ ނެގޭނެއެވެ.

އެސްޓިއޯ ކްރެޑިޓް ސްކީމަށް އެދި ފޯމް ހުށަހަޅާތާ ތިން ދުވަސް ތެރޭގައި އެޕްރޫވަލް މެސެޖެއް ފޯނަށް ލިބިގެންދާއިރު، މި ސްކީމަށް އެދި ހުށަހަޅަންޖެހެނީ

  • ފުރާފައިވާ ކްރެޑިޓް ސްކީމް ފޯމް
  • އައިޑީ ކާޑު ކޮޕީ (ކަސްޓަމަރު އަދި ގެރެންޓާ)
  • ދާއިމީ ވަޒީފާގައި ހަ މަސް ދުވަސް ވެފައިވާކަން އަންގައިދޭ ލިޔުން (ކަސްޓަމަރު އަދި ގެރެންޓާ)

އެސްޓިއޯ ޕީޕަލްސް ޗޮއިސްގައި ހުރި އަމިއްލަ ވިޔަފާރީގެ ހިދުމަތްތައް ދޭ ތަންތަނުގެ ތެރޭގައި ސިޓީ ބޭކަރީ އާއި ޕީކަބޫ އާއި ނޯޓް ކޮސްމެޓިކްސް އާއި މެކްސްކޮމް ޓެކްނޮލޮޖީސް ހިމެނެއެވެ.

ޓެގު