English Edition
Dhivehi Edition
ޑިސެމްބަރު 2017 ގައި ހައްޖު ކޯޕަރޭޝަންގެ ދަށުން އުމްރާ އަށް ދިޔަ އުމްރާވެރިން މައްކާގައި - ފޮޓޯ: ހައްޖު ކޯޕަރޭޝަން

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މީހުން ހައްޖަށް ގެންދާ އަގު ބޮޑު ކޮށްފިއެވެ.

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއަށް 453 ކޯޓާ ލިބިފައިވާއިރު، ހައްޖަށް މީހުން ގެންދަން ސަރުކާރު ކަނޑައަޅާފައި ވަނީ ހައްޖު ކޯޕަރޭޝަން އެކަންޏެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މިއަހަރު އާންމުކޮށް ހުޅުވާލައިގެން ދޫކުރަން ނިންމި 100 ކޯޓާގައި ހައްޖަށް ދެވޭނީ 76،960 ރުފިޔާއަށް ކަމަށެވެ. ރާއްޖެއަށް ލިބުނު ކޯޓާގެ ތެރެއިން 100 ކޯޓާގެ އާއްމުންނަށް ހުޅުވާލައިގެން ހައްޖަށް މީހުން ގެންދިއުމަށް ދޫކޮށްފައިވާއިރު ހައްޖު ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަންގެ ލިސްޓުގައި ރަޖިސްޓްރީ ވެގެން ދުރާލާ ހައްޖަށް ދިއުމަށް ތައްޔާރުވެގެން ތިބޭ މީހުންނަށް ސަރުކާރާއި އެ ކޯޕަރޭޝަން ގުޅިގެން ލުއި ފަސޭހަ އަގެއް ކަނޑައަޅާފައިވާނެކަމަށެވެ.

އިތުރަށް ހައްޖު ކޯޕަރޭޝަނުން ބުނީ އެއްވެސް ތަނެއްގައި ރަޖިސްޓްރީ ނުވެ ވަގުތުން ހައްޖަށް ދިއުމަށް ބޭނުންވެފައި ތިބި މީހުންނާއި، އަހަރުތަކެއް ވަންދެން ފައިސާދައްކައިގެން ތިބި މީހުންގެ މެދުގައި އަގުގެ ތަފާތުތަކެއް ހުންނަން ޖެހޭކަމަށް ސަރުކާރަށާއި އެ ކޯޕަރޭޝަނަށް ވެސް ފެނިފައިވާކަމަށެވެ.

އެހެންކަމުން މި އަހަރު ހައްޖުގެ އަޅުކަމަށް ދިއުމަށް ހައްޖު ކޯޕަރޭޝަންގެ، ކިއުގައި ޖެހިފައިވާ މީހުންނަށް އެހެން އަހަރުތަކެކޭ އެއްގޮތަށް 69،965 ރުފިޔާއަށް ހައްޖަށް ދޭވޭނެކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.