English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ ޒޯނިޔާ އައިޝަތު ހަމްދާ އާއި ޏ،ފުވައްމުލަކު ލޫނާ އަހްމަދު އަބްދުﷲ ، އެމީހުންނަށް ލިބެން އުޅޭ އެއްމާބަނޑު ދެ ކުދިންނަށް އިންތިޒާރުކުރަމުން ދިޔައީ ފޮނި އުއްމީދުތަކާއެކުގައެވެ.

ކައިވެންޏަށްފަހު ފުވައްމުލައް ސިޓީގައި ދިރިއުޅެމުން ދިޔަ ހަމްދާގެ ބަނޑަށް އެންމެ 6 މަހުގައި ދެ ކުދިން ވިހެއީ ފުވައްމުލައް ސިޓީ ހޮސްޕިޓަލަށެވެ. މި ދެކުދިން، ދުވަސްނުފުރާ ވިހެމުގެ ސަަބަބުން އެމަރޖެންސީކޮށް އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލަށް ޓްރާންސްފާކޮށް އެން.އައި.ސީ.ޔޫގައި ފަރުވާދޭން ފެށުނެވެ.

04 ޖެނުއަރީ 2022 ގައި ދުވަސް ނުފުރާ ވިހެއި އެ ދެކުދިންނަށްޓަކައި އެ ދެމަފިރިންނާއި އާއިލާގެ ހުރިހާ ވަގުތެއް ހުސްކުރިއެވެ. އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލްގެ އެން.އައި.ސީޔޫ ގައި މި ތުއްތު ކުދިންނަށް ފަރުވާދެމުން ދިޔަ ޑޮކްޓަރު، އެ ދެކުދިންގެ ތެރެއިން. އަކްމަލް ބިން އަހްމަދު އަބްދުﷲ(4 މަސް)ގެ މައްސަލައެއް އުޅޭކަމަށާއި ހިތުގެ ސްކޭންތައް ހަދަން ރިފަރ ކުރިއެވެ.

May be an image of text that says 'ISIE HEART INSTITUTE Web LISIE HOSRULAL contact@lisehospitail.org To homsoever may concern Ref.No:LCHC/1/M/144 22-04-2022 This CU for certify that Akmal Bin Ahmed Abdulla MRD: 2624316, months baby suffering Congenital Heart discase- Tetralogy Fallot. To correct the months Following surgery baby will another days the ward. approximate period of3-4 days Approximate cost the procedure including Investigations, Surgery, Anaesthesia, ICU ward will 5000-6000 Dollar. With Regards Sunil .M.S, MCh Consultant Dept. ofPeadiatric Cardiac Surgery Lisie Heart Institute, Lisie Hospital 682017 SUNIL G.S. MS, 17927 aediatric Cardiac Surgeen Lisie Hespital, Cachin-18 IEDICINE De. DEPARTMENTO CARDIAC Chacko Penappuram Jacob De. Greenor ResCCU sonFmry'

އިކުޓޯރިއަލް ހޮސްޕިޓަލް ގައި 2 މަހާއި 10 ދުވަސް ހޭދަކުރުމަށްފަހު އެން.އައި.ސީ.ޔޫ އިން ދެ ކުދިން ޑިސްޗާރޖް ކުރުމާއެކު އެ ދެމަފރިން އަވަސްވެގަތީ މާލެ ގޮސް ހިތުގެ ހާއްސަ ޑޮކްޓަރަށް ދަރިފުޅު ދެއްކުމަށެވެ. މި ގޮތުން މާލެއިން އަކްމަލް ބެއްލެވި ޑޮކްޓަރު ވަނީ އެ ކުއްޖާގެ ގެ ހިތުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.

“އަކްމަލް ގެ އޯޕަންހާރޓް ބޮޑު ސާރޖަރީ އެއްކުރަން ޖެހޭނެކަމަށް މާލެއިން ދަރިފުޅު ބެއްލެވި ހިތުގެ ޑޮކްޓަރުން ބުނެފައިވަނީ” އަހްމަދު އިބްރާހީމް ބުންޏެވެ. “ދަރިފުޅުގެ ބޮޑު ސާރޖަރީއެއް ކުރަން ޖެހޭނެކަމަށް ޑޮކްޓަރު ބުނެފައިވާތީ، ޑޮކްޓަރުގެ ލަފައާއި އެކު ދެ ކުދިން ގޮވައިގެން ހިތުގެ ޑޮކްޓަރަށް ދެއްކުމަށް އިންޑިއާއަށް އައީ” އަހްމަދު ބުންޏެވެ.

މި އޮޕަރޭޝަން މިވަގުތު ރާއްޖޭގައި ކުރެވޭ އޮޕަރޭޝަނަކަށް ނުވާއިރު ދަރިފުޅު ގޮވައިގެން އިންޑިއާ ކޮޗިންގެ ލިސީ ހޮސްޕިޓަލް ހިތުގެ ޑޮކްޓަރުންނަށް ދެއްކުމުން ބުނެފައިވަނީ ކުއްޖާއަށް 06 މަސް ފުރުމުން އޮޕަރޭޝަން ކުރަންޖެހޭކަމަށެވެ. “ލިސީ ހޮސްޕިޓަލުން ދަރިފުޅު ބެއްލެވި ޑޮކްޓަރުވަނީ އޯޕަންހާރޓް ސާރޖަރީ އެއްކޮށް ދަރިފުޅު އުފެދުމުގައި ހިތުގައި ހުރި 4 ކަމެއް ރަނގަޅު ކުރަން ޖެހޭކަމަށް ބުނެފައި” އަހްމަދު ބުންޏެވެ،

No photo description available.

މި ހޮސްޕިޓަލަކީ އާސަންދަ ނުލިބޭ ހޮސްޕިޓަލަކަށްވާއިރު، އެހެނިހެން ޙަރަދުތައް ނުލާ ދަރިފުޅު ގެ އޮޕަރޭޝަނައް އެކަނިވެސް 5000 އާއި 6000 ޑޮލަރާއި ދެމެދުގެ އަދަދަކަށް ފައިސާ ބޭނުންވެއެވެ. މި ހޮސްޕިޓަލަކީ އާސަންދަ ނުލިބޭ ހޮސްޕިޓަލެއްކަމުން އޮޕަރޭޝަން ގެ ހުރިހާ ހަރަދެއް ކުރަންޖެހެނީ އަމިއްލައަށް.” އަހްމަދު ބުންޏެވެ،
އެންމެ ހަމަހުގައި ވިހެއި މި ދެކުދިންގެ އިތުރު ކޮމްޕްލިކޭޝަންތަކަށްވެސް ހުރުމާއެކު، އެ ދެކުދިންނަށް ފަރުވާ ދިނުމަށް، ފާއިތުވި 2 މަސް ދުވަހު އިންޑިއާގައި ހުރުމުގެ ސަބަބުން މި ކުޑަކުޑަ އާއިލާއަށް މި ވަނީ އަޅުގަނޑުމެންގެ އެހީތެރިކަން ނުހަނު ބޭނުންނެވެފައެވެ. ތަނުގެ ކުއްޔާއި ،ކެއުންބުއިން އަދި ދަތުރުފަތުރަށް ހަރަދުކުރުމުގެ ސަބަބުން އަދި މިހާ އަވަސް މުއްދަތެއްގެ ތެރޭގައި ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުމުގެ ސަބަބުން އެ އާއިލާއިން އެދެނީ ހުރިހާ އެންމެންގެ ދީލަތި އެހީއަކަށެވެ.
“ވީމާ އެމީހަކަށް ވެވުނު މިންވަރަކުން މި ތުއްތު ބޭބީއަށް ފައިސާގެ އެހީތެރިކަން ދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. އެހީވެވޭނެ ތަނަވަސްކަން ނެތްކަމުގައި ވާނަމަ ދަރިފުޅަށް ހެޔޮ ދުއާކޮށް ދެއްވާ! އަދި މި ޕޯސްޓް ޝެއަރކޮށްދެއްވާ!”
މި އާއިލާއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން އަހްމަދު ޢަބްދުﷲ (ކުއްޖާގެ ބައްޕަ:9900121) އަށް ގުޅުއްވާ!
އެކައުންޓް ނަންބަރު (ރުފިޔާ) : 7704263974101
އެކައުންޓް ނަން: އަހްމަދު އަބްދުﷲ
އެކައުންޓް ނަންބަރު (ޑޮލަރު): 7730000460493
އެކައުންޓް ނަން: އަހްމަދު އަބްދުﷲ

 

ބޭނުން ޖެހިފައިވާ މީސްތަކުންގެ ބޭނުންތައް ފުއްދައިދިނުމަކީ ކުރެވޭ ޞަދަޤާތެކެވެ. އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ.

“އެމީހެއްގެ އަޚާގެ ޙައްޤުގައި، އޭނާއަށް އެހީތެރިވެދިނުމަށް މަސައްކަތްކޮށްފިމީހާ ދަންނައެވެ. ފަހެ އޭނާ އަޅާ ކޮންމެ ފިޔަވަޅަކަށްމެ ޞަދަޤާތެއްވެއެވެ.”