English Edition
Dhivehi Edition
ފޮޓޯ: ސަން

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓިއޯ އިން ހިއްސާއަކަށް 65ރ ބަހަން ފާސްކޮށްފިއެވެ.

ރޭ އެސްޓިއޯ އިން ކްރޮސްރޯޑްސްގައި ބޭއްވި އަހަރީ އާއްމު ޖަލްސާގައި، މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް 65ރ. ބަހަން ފާސްކުރީ 99 ޕަސެންޓް ހިއްސާދާރުންގެ ވޯޓުންނެވެ.

އެސްޓިއޯ އަށް މިދިޔަ އަހަރު އެކި ވިޔަފާރިތަކުން ޖުމްލަ އާމްދަނީގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ކުރީ އަހަރާ އަޅާ ބަލާއިރު 37 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކްސް ކެނޑުމަށް ފަހު އެސްޓީއޯ ގްރޫޕަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ 186 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 47 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ އަހަރު އެސްޓިއޯއަށް އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ ތެލުގެ ވިޔަފާރިންނެވެ. މި ގޮތުން ތެލުގެ ވިޔަފާރިން ހަ ބިލިއަން ރުފިޔާ ލިބުނު އިރު ދެވަނަ އަށް އެންމެ ބޮޑު ފައިދާއެއް ލިބިފައި ވަނީ އާންމު ވިޔަފާރިންނެވެ.

އާންމު ވިޔަފާރިތަކުން އެ ކުންފުންޏަށް ތިން ބިލިއަން ރުފިޔާ ލިބިފައިވާއިރު، މަސްވެރިކަމުގެ ދާއިރާއިން 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ގޭހުގެ ވިޔަފާރިން 206 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު ޝިޕިން ދާއިރާއިން އެ ކުންފުންޏަށް 141 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

ސަބްސިޑަރީ ކުންފުނިތައް ނުހިމަނާ ޓެކުހަށް ކެނޑުމަށް ފަހު އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި ޖުމްލަ 478 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ރޭގެ ބައްދަލުވުމުގައި އެސްޓިއޯ ގުރޫޕްގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ތެރެއިން ބޭފުޅަކާއި އަދި އޮޑިޓަރެއް ވެސް ޥޯޓަކުން ވަނީ ހޮވާފައެވެ.

މި ގޮތުން އެގޮތުން 98 ޕަސެންޓް ވޯޓާއެކު އޮޑިޓަރަކަށް ޕްރައިސް ވޯޓާ ހައުސް ކޫޕާސް ހަމަޖައްސާފައިވާއިރު ންފުނީގެ އާންމު ހިއްސާދާރުންގެ ތެރެއިން ބޯޑުގައި އިންނަވަނީ އަބްދުﷲ ސައީދު ކަމަށް ފާސްކޮށްފައިވަނީ 59 ޕަސެންޓް ވޯޓާ އެކު އެވެ.