English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ ބަނދަރުގެ 85 އިންސައްތަ މަސައްކަތް ނިމި، ހާބަރ ބްރިޖުގެ 76 އިންސައްތަ މަސައްކަތް ނިމިއްޖެކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން، 88,623 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުން ކުރުމާއި 114 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި 624 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ނިންމާފައިވާ ކަމަށެވެ.

66.3 މިލިއަން ރުފިޔާގެ މި މަޝްރޫއުގައި 742 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލައި، 2250 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.