English Edition
Dhivehi Edition

އަމިއްލަ މަސައްކަތުން މުދާ ހޯދައިގެން ކައިބޮއި އުޅުމަށާއި، ދިރިއުޅުން ތަނަވަސް ކުރުމަށް އިސްލާމްދީނުގައި ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާކަން ހުކުރު ޚުޠުބާގައި ހަނދާން ކޮށްދީފައެވެ.

ފަގީރުންނާއި މުހުތާދުވެރިން ނިކަމެތި ކޮށްގެން ދިރިއުޅޭ މީހަކަށް ނުވުމަށް ވެސް އިރުޝާދު ދީފައިވާ ކަމަށް ވެސް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.

މީގެ އިތުރުން ރިބާ ކާމިހާގެ އަމަލަކީ ހުތުރު އަމަލެއްކަން ހަނދުމަކޮށްދީފައިވާއިރު، ރިބާ ކާ މީހަކީ މީސްތަކުންގެ މައްޗަށް އެއްވެސް ރަހުމެއް އޯގާވެރިކަމެއް ހުރި މީހެއް ނޫން ކަމަށް ވެސް ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ. އަދި މާތްﷲ އެފަދަ މީހާ ސިފަ ކުރައްވާފައިވަނީ ދެފައި މައްޗަށް ތެދުވެ ހުރުމުގެ ބާރު ލިބިފައި ނުވާ މީހެއްގެ ގޮތުގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

“މުދަލުން ކުރާ މުއާމަލާތުތަކަކީ، ވަރަށް ޚުޠޫރަތްތެރި މުއާމަލާތުތަކެއް. މި މުއާމަލާތުތަކުގައި މަކަރު ހެދުމާއި، އޮޅުވައިލުމަކީ މާތް ﷲ ނަހީ ކުރައްވާފައިވާ ކަންކަން.” ޚުޠުބާގައި ބުނެފައިވެއެވެ.

ހަމަމިއާއެކު މުއާމަލާތުތަކުގައި މަކާރާއި ޙީލަތް ނުހެދުމަށާއި އޮޅުވައި ނުލުމަށް ވަނީ ނަޞޭހަތްތެރިވެފައެވެ. އަދި ތަރައްގީގެ މިޒަމާނުގައި ރިބާގެ ބާވަތްތައް ވަރަށް ގިނަ ކަމަށާއި މިއަދު އެއީ ގަވާއިދުތަކާއި އުސޫލުތަކުގެ މަތިން ކުރެވޭ މުއާމަލާތެއް ކަމުގައިވެސް ޚުޠުބާގައި ބަޔާން ކޮށްފައިވެއެވެ.

އޭގެ ސަބަބުން މިއަދު ގިނަ ބަޔަކުވަނީ އޭގެ ދަލުގައި ޖެހިގެން ގޮސްފައިކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ރިބާގެ ނުބައިކަމާއި އޭގެ ސަލާމަތްވުމަށް އެންމެހާ މީސްތަކުންނަށް ޚުޠުބާގައި ވަނި ގޮވައިލާފައެވެ.