English Edition
Dhivehi Edition

4 ވަނަ ފަޒާ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022 ގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފިއެވެ.

ޑުބާއީގައި މިއަދު ފެށި މި މުބާރާތުގައި ރާއްޖެ ބައްދަލުކުރީ އިންޑިއާ އާއެވެ. މި މެޗު ރާއްޖެއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. އެއީ 21-7 އަދި 21-6 އިންނެވެ.

ރާއްޖޭގެ ޓީމުން ކުޅެން ނުކުތީ އަހްމަދު ފަޔާޒު އާއި ޢަބްދުއްލަޠީފް މުހައްމަދު ގެ ޕެއާރއެވެ. އިންޑިއާ އިން ނުކުތީ ސުނިލް ޕަންވަރް އާއި ރާކޭޝް ދެބަރްމާ ގެ ޕެއާރއެވެ.

މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީން ބުނީ މި މުބާރާތުގައި ބައިވެރިވީ ޗައިނާގެ ހެންގޒޫ ގައި ބާއްވާ އޭޝިއަން ޕެރަލިމްޕިކް ގޭމްސް އަށް ޕެރާ އެތްލީތުން ކްލެސިފައިކޮށް، ކޮލިފައިވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް ކަމަށެވެ.

ރާއްޖޭގެ ޓީމުގައި ޕެރާ ފިރިހެން ދެ އެތްލީޓުންނާއި އަންހެން އެތްލީޓަކާއި ކޯޗު އަދި މެނޭޖަރެއް ހިމެނޭއިރު، ކްލެސިފައަރ ވެސް ހިމެނެއެވެ.

4 ވަނަ ފަޒާ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022 ކުރިއަށްދާނީ މިއަދުން ފެށިގެން މި މެއި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގެ ޕެރާ ބެޑްމިންޓަން ޓީމު ފުރުމުގެ ކުރިން ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފު ވަނީ ޓީމުގެ ކޮންޓިންޖެންޓާއި ބައްދަލުކުރައްވާ ހިތްވަރު ދެއްވާފައެވެ.