English Edition
Dhivehi Edition

ވެރިއަކު ތިން އަހަރާއި ބައިގެ ތެރޭގައި ޤައުމެއްބިނާ ކުރެއްވި ގޮތް ފެންނަން މިއަދު އެބައޮތް ކަމަށާއި އޭގެ ވަރަށް ސާފުހެކިތައް އައްޑޫންވެސް މިހާރު ފެންނަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫގައި “އަފިރިންނަސް ތައްޔާރަ” ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ ރައީސް ޔާމީން ގެންނެވި ތަރައްޤީގެ ފޮނިމީރުކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިހާރު ލިބެމުންދާކަމަށާއި ސަރުކާރުން ތަރައްޤީ ގެންނަމުންދަނީ ރައްޔިތުންއެދޭ ފަދަ ތަހުޒީބު ޤައުމަކަށް ރާއްޖެ ހެދުމުގެ އަމާޒުގައިކަމަށެވެ.މީގެ އިތުރުން ސައީދު ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔަތުންނަކީ ތަރައްޤީ ބޭނުންވާ ބައެއް ކަމަށާއި މި ސިޓީއަކީ ތަރައްޤީގެ ނާރެހެއް ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ވާހަކަދައްކަވަމުން ސަޢީދު ވިދާޅުވީ އައްޑޫ ރައްޔަތުން އެދެމުންދަނީ ޔަމީންކަހަލަ ވެރިއަކަށް ކަމަށާއި އިތުރު އެހެން ވެރިއަކަށް އައްޑޫ ސިޓީގެ ރައްޔިތުން ނޭދޭނެ ކަމަށެވެ. އަދި ދިވެހިރާއްޖެ ތަރައްގީ ކުރި އެއްވެސް ޒަމާނެއް އޮތް ނަމަ އެ ޒަމާނެއްގެ އެންމެ ބޮޑު ހިއްސާއެއް އޮންނާނީ އައްޑޫ ސިޓީގައި ކަމަށެވެ.

އައްޑޫގެ ގިނައަދަދެއްގެ ރައްޔަތުން ބައިވެރިވި މި ޖަލްސާގައި ވާހަދައްކަވުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.