English Edition
Dhivehi Edition

އޭއޯ ނިއުސް އިން އިންތިޒާމު ކޮށްގެން ނިމިގެން ދިޔަ ރަމަޟާން މަހު ކުރިއަށް ގެންދިޔަ “ރައުކް އޭއޯ މަދަޙަ މުބާރާތް 1443” ގެ ފަޚުރުވެރި އެއްވަނަ ފ. ފީއަލީ ނަދީލާމަންޒިލް، އައިޝަތު ޔާނާ އަހްމަދު ހޯދައިފިއެވެ. ޔާނާ މި މުބާރާތުގައި ބައިވެރިވެފައިވަނީ 14 އަހަރުން ދަށުގެ ޢުމުރުފުރައިންނެވެ. މި ވަނަ އާއެކު ޔާނާއަށް ވަނީ ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަނުން ހުށަހެޅުއްވެވި ޗައިނާ ވިންޓަރ ކޭމްޕް ސްޓަޑީ ޓުއާގެ އިނާމް ލިބިފައެވެ. ޔާނާ އަކީ މިދިޔަ އަހަރު ކުރިއަށް ގެންދިޔަ އޭއޯ މަދަޙަ މުބާރާތުގައި މުޅި މުބާރާތުން 2 ވަނަ ހޯދި ބައިވެރިޔާއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން އޮންލައިން ކޮށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި މުޅި މުބާރާތުގެ ދެވަނަ ހޯދާފައިވަނީ 12 އަހަރުން ދަށުގެ ޢުމުރުފުރައިން ބައިވެރިވި މ. ސަރުމާގެ އައިޝަތު ލަޢާލީ ޢަލީ އެވެ. އަދި މުޅި މުބާރާތުގެ 3 ވަނަ ހޯދާފައިވަނީ 16 އަހަރުން ދަށުގެ ބައިން ބައިވެރިވި ގދ. ތިނަދޫ ޗާނދު، މުޝާތު މުސްތާގެވެ.

7 ޢުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި 6 އަހަރުން ދަށުގެ ބަޔާއި، 8 އަހަރުން ދަށުގެ ބަޔާއި، 10 އަހަރުން ދަށުގެ ބަޔާއި، 12 އަހަރުން ދަށުގެ ބައި އަދި 14 އަހަރުން ދަށުގެ ބަޔާއި، 16 އަހަރުން ދަށުގެ ބައިގެ އިތުރުން 18 އަހަރުން ދަށުގެ ޢުމުރުފުރާ ހިމެނެއެވެ.

ޢުމުރުފުރާގެ ވަނަ ތައް:

6 އަހަރުން ދަށުގެ ބައިން 3 ވަނަ: ޒައިނީ ޙަސަން ޒިޔާއު/ އަނޯނާގެ/ ގދ. ތިނަދޫ

6 އަހަރުން ދަށުގެ ބައިން 2 ވަނަ ޔޫސުފް ލިހަމް އަޙްމަދު / މުރިނގު. ސ. ހިތަދޫ

6 އަހަރުން ދަށުގެ ބައިން 1 ވަނަ އައިޝަތު އައިލީން / ދިރިމާގެ. ގއ. ދާންދޫ

 

8އަހަރުން ދަށުގެ ބައިން 3 ވަނަ: ނަވާ ބިންތި އާދަމް/ ގ. ހަނިމާދޫއާގެ . މާލެ

8 އަހަރުން ދަށުގެ ބައިން 2 ވަނަ ޙަމަދު އާތިކް ޢުމަރު އަޙްމަދު/ ރޯޒީވިލާ. ގއ. ކޮނޑޭ

8 އަހަރުން ދަށުގެ ބައިން 1 ވަނަ އާމިނަތު ޔޫމީ މިޔާޒް/ މެހުރާ/ ރ. އިންނަމާދޫ

10 އަހަރުން ދަށުގެ ބައިން 3 ވަނަ: ޒާޝާ މުޙައްމަދު ޝާއިޒް/ މަނަސް. ދ. ކުޑަހުވަދޫ

10 އަހަރުން ދަށުގެ ބައިން 2 ވަނަ އަޖްނާ ފާރިޒް ނިޒާރު / ގ.އޮއްޓަރު މާލެ

10 އަހަރުން ދަށުގެ ބައިން 1 ވަނަ މަލްކާ މުޙައްމަދު ޙަބީބު/ ވާދީ. ސ. ފޭދޫ

12 އަހަރުން ދަށުގެ ބައިން 3 ވަނަ: މުޙައްމަދު ރައުޝް ބިން ސިރާޖް/ ރޯޅި. ހދ. ކުޅުދުއްފުށި

12 އަހަރުން ދަށުގެ ބައިން 2 ވަނަ ޒާހިލް އިބްރާހިމް ރަމީޒް/ ވައިލެޓް ވިއު. ދ. ކުޑަހުވަދޫ

12 އަހަރުން ދަށުގެ ބައިން 1 ވަނަ އައިޝަތު ލަޢާލީ ޢަލީ/ މ. ސަރުމާގެ މާލެ

 

14 އަހަރުން ދަށުގެ ބައިން 3 ވަނަ: ހަމްނާ ބިންތް އިބްރާހިމް ޢަލީ/ ޖަވާހިރުމާގެ/ އއ. ހިމަންދޫ

14 އަހަރުން ދަށުގެ ބައިން 2 ވަނަ އައިޝަތު އައިކާ ޢަލީ ޝާކިރު/ ގ. އައްސޭރި މާލެ

14 އަހަރުން ދަށުގެ ބައިން 1 ވަނަ އައިޝަތު ޔާނާ އަޙްމަދު/ ނަދީލާމަންޒިލް. ފ.ފީއަލި

16 އަހަރުން ދަށުގެ ބައިން 3 ވަނަ: ސާރާ އިބްރާހިމް/ ޢިލްމު .ދ.ކުޑަހުވަދޫ

16 އަހަރުން ދަށުގެ ބައިން 2 ވަނަ އައިޝަތު މިޝްކާ ޢަލީ ނާޒިމް/ ޑއިމަންޑް. ދ. ކުޑަހުވަދޫ

16 އަހަރުން ދަށުގެ ބައިން 1 ވަނަ މުޝާތު މުސްތާޤް/ ޗާނދު. ގދ. ތިނަދޫ

 

18 އަހަރުން ދަށުގެ ބައިން 3 ވަނަ: ޙައްވާ އަނީޤާ/ ދޯދި. ރ. މަޑުއްވަރީ

18 އަހަރުން ދަށުގެ ބައިން 2 ވަނަ ސިތާމް ޢަލީ/ ސަނަމް . ސ. ހިތަދޫ

18 އަހަރުން ދަށުގެ ބައިން 1 ވަނަ އައިޝަތު ޝަދާ/ މަވާލީ. ސ.ހިތަދޫ

އޭއޯ އިން ކޮންމެ އަހަރެއްގެ ރަަމަޟާން މަހަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ މަދަޙަ މުބާރާތުގެ މިއީ 6 ވަނަ މުބާރާތެވެ. މި ފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ހެޕީމާކެޓެވެ. މެއިން ސްޕޮންސަރަކީ ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަނެވެ. އަދި ކޯ ސްޕޮންސަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އާއި ސޮގްނޯ މޯލްޑިވްސް ގެ އިތުރުން ފުރުޓީ މެލޯ ކޭކްސް އާއި މަލްޓި ސުޕަރމާޓުން ވަނީ މުބާރާތަށް އެހީތެރިކަން ފޯރުކޮށް ދެއްވަވާފައެވެ.

އޭއޯ އިން ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ މަދަޙަ މުބާރާތަކީ ކުޑަކުދިންގެ ހިތްތަކުގައި ދީނީ ރޫހު އާލާ ކުރުމާއި ދީނީ ޝިއާރު ފާޅުކުރުމުގެ އިތުރުން މަދަޙަ ކިޔުމުގެ ހުނަރު ހުރި ހަމަ ކޮންމެ ކުއްޖަކަށް އެ ކުއްޖެއްގެ ހުނަރު ކުރިއެރުވުމަށް ފުރުސަތު ހޯދައި ދިނުމުގެ މަގުޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މީގެ އިތުރުން އޮންލައިން ޕްލެޓްފޯމެއްގައި، އެކުއްޖެއްގެ އަމިއްލަ ރަށުގައި ހުރެގެން މިފަދަ ބޮޑު މުބާރާތެއްގައި ބައިވެރިވެ ވާދަކުރުމުގެ ފުރުސަތު ހޯދައިދެވުމަކީ ވެސް މުބާރާތުގެ އެއް މަގުޞަދެވެ.