English Edition
Dhivehi Edition
ފޭދޫގައި ކުރިއަށް ގެންދިޔަ އިންޑީއާ އައުޓް ހިނގާލުން

ރޭ މާލޭ މަގުމަތީގައި ކުރިއަށް ގެންދިޔަ، “އިންޑިއާ އައުޓް” ހަރަކާތުގެ ތެރެއިން ހިފެހެއްޓި މީހުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ ރޭ ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ތިން މީހުންކަމަށެވެ. އަދި ރޭގެ ވަގުތެއްގައި އެމީހުން ދޫކޮށްލާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

“އިންޑިއާ އައުޓް” ހަރަކާތް ރާވައި އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ޕީޕީއެމްގެ އެކްޓިވިސްޓް އަލީ ނަސީމް (ތަކަނޭ) ވަނީ އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ރޭ ޕީޕީއެމް އޮފީސް ކައިރިއަށް އެއްވި މީހުން ފަހުން ވަނީ އެ ދެމީހުން ދޫކޮށްލުމަށް ގޮވާލާފައެވެ.

ރޭގެ މުޒާހަރާ ކަވަރު ކުރަން އުޅުނު ނޫސްވެރިންނަށް ފުލުހުން އިންޒާރުދީފައިވާއިރު، ޕެޕާސްޕްރޭ ޖެހުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނަށްވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.