English Edition
Dhivehi Edition

އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ ކުށުގައި ފުލުހުން ހޯދަން އިއުލާނު ކުރި މީހާ ހައްޔަރުކޮށްފިއެވެ.

އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ހިންގާ ކެމްޕޭން ހުއްޓުވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ރިޔާސީ ޤަރާރާއި ހަވާލާދީ ފުލުހުން މިއަދު ހައްޔަރުކޮށްފައިވަނީ މއ.ލެއްގި، އަބްދުލްގައްފާރު އަބްދުލްގަފޫރު (34އ) އެވެ.

މިއަދު ހަވީރު ފުލުހުން ބުނީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ މައްސަލައަކާއި ގުޅިގެން ހޯދަން އިއުލާނު ކުރި މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާ ދިރިއުޅޭ ގޭގެ ފާހަނަ ތެރޭގައި ފިލާ އޮއްވާ މިއަދު ހަވީރު 17:12 ގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އިންޑިއާ އައުޓް ކެމްޕޭނަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމައި އެ ކެމްޕޭން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ޤަރާރެއް ނެރުއްވާފައިވާއިރު، އިދިކޮޅުން ވަނީ މި ކެމްފޭން ނުހުއްޓުވޭނެކަމަށް ބުނެފައެވެ،