English Edition
Dhivehi Edition
ފޮޓޯ: ޕީއެސްއެމް

ގދ.ތިނަދޫ ބަރާސީލް އަވަށުގައި ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއިން ކުރި އިއުލާނުގައި ބުނީ އެ އިދަރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ގދ.ތިނަދޫ ބަރާސީލް އަވަށުގައި އެޅުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.

މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ދިނުން 26 މެއި 2022 ބުރާސްފަތި ދުވަހު 13:30 ގައި ތިނަދޫ ކައުންސިލް އިދާރާގައި އޮންނާނާނެއެވެ. އަދި މި މަސައްކަތުގެ ބިޑް ހުށަހެޅުން 07 ޖުލައި 2022 ވާ އަންގާރަ ދުވަހު ތިނަދޫ ކައުންސިލް އިދާރާގައި އޮންނާނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ،

މީގެ އިތުރުން ކައުންސިލުން ބުނީ މި މަސައްކަތަށް އަންދާސީ ޙިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ކަނޑައަޅާފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ.

މިދިޔަ އަހަރު ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ތިނަދޫ ކައުންސިލްގެ ރައީސް، ސައުދު އަލީ ވަނީ ތިނަދޫ ބަރާސިލް އަވަށުގައި އެޅުމަށް ނިންމާފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ނިމި ޒުވާނުންނަށް އެތަނުގެ ބޭނުން ވަރަށް އަވަހަށް ހިފުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ބުނެފައެވެ.