English Edition
Dhivehi Edition

އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އައިޝަތު އާނިޔާ އެޕާޓީން ވަކިވެއްޖެއެވެ.

އެމްޑީޕީގެ ސްކްރެޓަރީ ޖެނެރަލް އަށް އެޑްރެސްކޮށް އަނިޔާ ފޮނުވި ސިޓީގައި ވަނީ މިއަދުގެ ތާރީހުން ފެށިގެން އެޕާޓީގެ ދަފްތަރުން އޭނާގެ ނަން އުނިކޮށް ދިނުމަށް އެދިފައެވެ،

އަނިޔާ އެމްޑީޕީގެ ސްކްރެޓަރީ ޖެނެރަލް އަށް އެޑްރެސްކޮށް ފޮނުވި ސިޓީގެ ކޮޕީ ޓުވިޓްކޮށްފައިވާއިރު، އަނިޔާ ވަނީ އެމްޑީޕީއާއި ދުރަށް ދިއުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށް ބުނެފައެވެ. އެހެންނަމަވެސް މިހާރު އެޕާަޓީ އުފެދިގެން އައި އިރު އޮތް މަގުސަދާއި ޕާޓީ ވަރަށް ބޮޑަށް ދުރަށް ގޮސްފި ކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

އާނިޔާ އެމްޑީޕީ އާއި ދުރަށް ގޮސްފައި ވަނީ، އިއްޔެ އެ ޕާޓީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިހާބު އިމްތިޔާޒް ފަހުމީއަށް ކާމިޔާބު ނުކުރެވުމުންކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

 

ޓެގު