English Edition
Dhivehi Edition

ގައުމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން، ދިވެހި ފުލުހުންގެ ހިދުމަތުން އިސްނަގައިގެން އައްޑޫ ސިޓީ މީދޫގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިިފިއެވެ.

އިއްޔެ ހަވީރު މީދޫ މަސްވެރިންގެ ޕާކު ގައި ކުރިއަށް ގެންދިޔަ މި ހަވީރުގައި ދިވެހިންގެ ފުލުހުންގެ އިތުރުން އެމްއެންޑީއެފް އާއި ވެމްކޯ، މިފްކޯ، ހުޅުމީދޫ ފަޔަރ ސްޓޭޝަން އަދި ސ.އަތޮޅު މަދަރަސާއިން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން މި ހަރަކާތުގައި ހުޅުދޫ ހުވަގު ޖަމިއްޔާ އާއި ނަލަފެހި މީދޫގެ އިތުރުން މުލިމަތި ޖަމިއްޔާއިން ވަނީ ބައިވެރިވެފައެވެ.

May be an image of 5 people, child, people standing, body of water and indoor

އިއްޔެ ބޭއްވި މި ހަރަކާތުގައި ކުޑަކުދިންނަށް ހާއްސަކޮށް ތަފާތު އެކި ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން ކުރިއަށް ގެންގޮސްފައިވާ ކުޅިވަރުތަކުގެ ތެރޭގައި ކުލަޖެއްސުމާއި ފޭސް ޕެއިންޓިންގ އާއި ބިރުވެރި ހޮހޮޅަ އާއި ސްކޫލް ކުދިންގެ ހަރަކާތްތަކުގެ އިތުރުން ޕޮލިސް ވެހިކަލްގައި ޕޮލިސް ޔުނިފޯމްގައި ފޮޓޯ ނެގުމާއި، ކޯސްޓްގާޑްގައި ފޮޓޯނެގުމާއި ފަޔާރ ލޯރީގައި ފޮޓޯ ނެގުންފަދަ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ހަވީރުގައި ބައިވެރިވި ކޮންމެ ކުއްޖަކަށް ފުލުހުންގެ ފަރާތުން ވަނީ ‘ހާއްސަ ހަދިޔާ’އެއް ދީފައެވެ. މި ކުޑަކުދިންގެ ހަވީރުގައި ހުޅުދޫ މީދޫގެ ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ބައިވެރިވެފައެވެ.