ހުޅުދޫސްކޫލްގައި ކުޑަދިންގެ ދުވަސް ފާހަގަ ކޮށްފި
10 މަސް ކުރިން
ސްކޫލް މީޑިއާ

ލިޔުނީ: ނޫރާން ތަވީލް ޢަބްދުލް މުޙްސިން / ހުޅުދޫ ސްކޫލް.

ބައިނަލް އަޤުވާމީ ކުޑަކުދިންގެ ދުވަސް ހުޅުދޫސްކޫލްގައި  ފާހަގަ ކޮށްފިއެވެ.މިއަހަރުގެ ކުޑަކުދިންގެ ދުވަސް ދިމާވީ ރޯދަމަހުގައި ކަމުން މިދުވަސް ފާހަގަ ކޮށްފައިވަނީ ތަފާތު ގޮތަކަށެވެ.

Advt

Advertisement

Advt

އެގޮތުން ކުޑަކުދިންގެ ދުވަސް ފާހަގަ ކޮށްފައިވަނީ ، ހުރިހާ ދަރިވަރުންނަށް ސްކޫލްގެ ހުރިހާ މުވައްޒަފުން ދެއްވި ރޯދަ ވީއްލުމަކާއި އަދި ދީނީ ނަސޭހަތް ދިނުމުގެ ޕްރިގްރާމެއް ހިމެނޭ ގޮތަށެވެ. މީގެ އިތުރުން އެދުވަހު ހަވީރު ކީރިތި ޤުރުއާން ކިޔެވުމާއި ބޯޑް ގޭމްސް ވެސް ކުރިއަށް ގެންދެވުނެވެ.

ކުޑަކުދިންގެ ދުވަސް ރޯދަމަހާއި ދިމާވުމުން ، މިދުވަސް ފާހަގަ ކުރުމުގައި ބޮޑަށް ވިސްނީ ރޯދަމަހާއި ގުޅޭގޮތަށް ދީނީ ކަންތައްތަކަށް ދަރިވަރުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއްގެ ގޮތުގައި ކަމަށް ހުޅުދޫސްކޫލްގެ ޕްރިންސިޕަލް ނާޒުނީން ޢަބްދުﷲ ދީދީ ވިދާޅުވިއެވެ.

ހުޅުދޫސްކޫލަކީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 6 އާއި ހަމަޔަށް ކިޔަވައި ދޭ ސްކޫލެކެވެ. އެހެންކަމުން ކޮންމެ އަހަރަކުވެސް ކުޑަކުދިންގެ ދުވަސް ތުއްތު ކުދިންނާއި ގުޅޭގޮތަށް ވަރަށް ކުލަގަދަކޮށް ސްކޫލުން ފާހަގަ ކުރެއެވެ.