English Edition
Dhivehi Edition
އާމިނަތު ޝިފާނާ

މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމަށް، ހެންވޭރު ޓިވެގާލައިޓް، އާމިނަތު ޝިފާނާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ޢައްޔަން ކުރައްވައިފިއެވެ. ޝިފާނާ މި މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ، މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުގައެވެ.

ޝިފާނާ ފުރަތަމަ ފަހަރަށް ޢަމަލީ މައިދާނުގައި މަސައްކަތް ފެއްޓެވީ 1999 ވަނަ އަހަރު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޑެސްކް އޮފިސަރ ޓްރެއިނީގެ މަޤާމުންނެވެ. އޭގެ ފަހުގައި އެއިދާރާގެ ރިސާޗް ސެކްޝަނާއި އެޑްމިނިސްޓްރޭޝަން ސެކްޝަންގެ އިތުރުން ހިއުމަން ރިސޯސް ސެކްޝަންގައި މަސައްކަތް ކުރައްވާފައިވެއެވެ.

ޝިފާނާވަނީ 2010 އިން 2011 އަށް ސިވިލްސާވިސް ގައި ހުންނަވާ އެއިދާރާގެ ޓްރެއިނިންގ އިންސްޓިޓިއުޓް އުފެއްދުމުގައި އެހީތެރިވެދެއްވާފައެވެ. އެކަމަނާ ފުރުއްވި އިތުރު މަޤާމްތަކުގެ ތެރޭގައި އޮޑިޓަރ ޖެނެރަލް އޮފީހުގެ ކޯޕަރޭޓް ސާވިސް ޑިޕާޓްމަންޓްގެ ވެރިޔާގެ މަޤާމާއި މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސާވިސަސްގެ ޕާމަނަންޓް ސެކްރެޓަރީ ކަމާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޕާމަނަންޓް ސެކްރެޓަރީ ކަމުގެ މަޤާމު ހިމެނެއެވެ.

ޝިފާނާ ވަނީ 2007 ވަނަ އަހަރު ، މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓަ އޮފް މެނޭޖްމަންޓް ހާސިލު ކުރައްވާފަ އެވެ. އަދި 2004 ވަނަ އަހަރު ، ޔުނިވަސިޓީ އޮފް ވޭލްސް އިން، ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓަސް ޑިގްރީ ހާސިލްކުރެއްވިއެވެ