English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އައްޑޫ ސިޓީ ހިތަދޫ ރައްޔިތުންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވައިފައިވަނީ މިއަދު ހެނދުނު އެމްއާރުޑީސީ ހިތަދޫ ސައިޓް އޮފީހުގައެވެ. މިއީ އެކަމަނާ އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫ ރައްޔިތުންގެ ހާލު ބެއްލެވުމަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ހިތަދޫގެ ގިނަމީހުންވަނީ ބައިވެރިވެފައެވެ.

އެކަމަނާ ބައްދަލު ކުރެއްވި މީހުންގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، އިސްރަށްވެހިންނާއި، އަންހެނުންނާއި މުއައްސަސާތަކުގެ ވެރިން ހިމެނެއެވެ. ރައީސް ޔާމީންގެ އަނބި ކަނަބަލުން އައްޑުއަށް މިހާރު ކުރައްވާ ދަތުރުފުޅުގެ މަގުސަދަކީ އައްޑޫ ރައްޔިތުންގެ ހާލު ގާތުން ބެއްލެވުމެވެ.

އެކަމަނާ އައްޑުއަށް ވަޑައިގެންނެވީ މިމަހު 19 ވަނަދުވަހުގެރޭގައެވެ. މިހާތަނަށް އެމަކަމަނާވަނީ ހުޅުމީދޫ ރައްޔިތުންގެ ހާލުވެސް ބަލަވައިފައެވެ. އެހެން ރަށްރަށުގެ ރައްޔިތުންގެ ހާލުވެސް އެކަމަނާ ބައްލަވާނެއެވެ.
ފަސްޓްލޭޑީ ވަނީ މިއަދު ހަވީރު އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމްގައި މިއަދު ކުޅުނު 19 އަހަރުން ދަށުގެ ގައުމީޓީމާއި އައްޑޫން ހޮވައިލެވުނު 19 އަހަރުން ދަށުގެ ޓީމްކުޅުނު މެޗު ޝަރަފްވެރި ކޮށްދެއްވައިފައެވެ.