English Edition
Dhivehi Edition

މާލޭ ސިޓީ ކައުންސިލްގެ މެންބަރު ނަހުލާ އަލީ ޕީޕީއެމް އިން ވަކިކުރަން ނިންމައިފިއެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ނަހުލާގެ މައްސަލަ ބަލަން ފަށާފައިވަނީ ޕާޓި އާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމުކޮށް ދޮގު ވާހަކަތައް ފަތުރަމުން ދިޔުމާއި ގުޅިގެންނެވެ.

މީގެ އިތުރުން ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ވިލިމާލޭ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓަށް އެންޓި ކެމްޕެއިންކޮށް، އިދިކޮޅުން ވާދަ ކުރަމުން ގެންދާ ކެންޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތްތަކެއް ކުރާކަމުގެ މައުލޫމާތާއި ހެކި ލިބިފައިވާކަމަށެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު، މިހާރު ވަނީ ނަހުލާ އާއި އޭނާގެ މަންމަ ޕާޓީން ވަކިކުރަން ނިންމާފައެވެ.

މި ތުހުމަތުތަކާއި ގުޅިގެން ނަހުލާ ވަނީ އެކަން ދޮގުކޮށް، އޭނާ އަކީ ރައީސް ޔާމީނަށް ތާއިދުކުރާ މީހެއްކަމުގައި ބުނެފައެވެ.