English Edition
Dhivehi Edition
ފޮޓޯ:ވީ ނިއުސް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި އެވެ.

ފާރިސްގެ މައްޗަށްކޮށްފައިވާ ޝަހްސް އޮޅުވާލުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ބެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 11:30 ގައެވެ. ފާރިސް ގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ މާޗް މަހުގެ 12 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ނިއުސް ކޮންފަރެންސްއެއްގައި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކައުންސިލްގެ ހުއްދަ ނެތި ޕާޓީގެ ލޯގޯ އާއި ދިދަ ފާރިސް ބޭނުންކޮށްފައިވާތީ ދައުލަތުން އުފުލާފައިވާ ދައުވާއެކެވެ.މީގެ އިތުރުން ފާރިސްގެ މައްޗަށް ވަނީ ރިޝްވަތުގެ ދައުވާއެއްވެސް އުފުލާފައެވެ.މި ދައުވާ އުފުލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، ފާރިސް ބޭނުންވާ ގޮތަކަށް އެ ވޯޓުގެ ނަތީޖާ ބަދަލުކޮށްލުމަށް މަޖިލިސް މެމްބަރަކަށް ރިޝްވަތު ދީފައިވާ ކަމަށް ތުހުމަތު ކޮށެވެ.

ފާރިސް މައުމޫނު ހުންނަވާ މާފުށީ ޖަލުގައި ޔުނިޓް މާރާމާތުކުރުމުންދާތީ މިހާރު ފަރީސް ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.