English Edition
Dhivehi Edition

ގްރޫޕް މާރާމާރީ ހިންގި މައްސަލައެއްގައި ހަތް މީހަކު ހޯދަން އިއުލާންކޮށް، އެމީހުންގެ ވަނަވަރު ހާމަކޮށްފިއެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ

  • މައުސޫމް މުހައްމަދުދީދީ (27އ)ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260،
  • ލޫތު އަހުމަދު އާސިފް (18އ) ކ. މާލެ/ މ. ލޮނުމިދިލިގެ
  • އަހުމަދު ނާޒިހު (27އ)ގއ. ގެމަނަފުށި/ ކެނެރީގެ،
  • އަހުމަދު ރަބީއު (24އ)ގއ. މާމެންދޫ/ ގްލޭނޫރަންމާގެ،
  • މުނާދު ޖައުފަރު (20އ)ސ. ހުޅުދޫ/ ނާދީ،
  • އަހުމަދު ސާތިއު (21އ)ސ. މަރަދޫ/ ކޮރަލް،
  • އަހްމަދު ޝިމްހާޒު (22އ)ތ. ތިމަރަފުށި/ ސީނުގެ،

ފުލުހުން ވަނީ މިމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.