English Edition
Dhivehi Edition

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި ނަމަ, އެމްޑީޕީއާއި ގުޅެން ތައްޔާރަށް ހުންނެވި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ ރައީސް ސޯލިހުއާއެކު ސިޔާސީ ގޮތުން މަސައްކަތް ކުރަން އެމްޑީޕީއަށް ވަންނަން ޖެހިއްޖެނަމަ، އެ ޕާޓީއަށް ވަންނަން ތައްޔާރަށް ހުންނެވި ކަމަށެވެ.

“ރައީސް ސޯލިހު އަޅުގަނޑު ކައިރީގައި އެންމެ ބުއްދިވެރި ގޮތަކީ މިވެެނި ޕާޓީއަކަށް ވަދެެގެންނޭ އެ ޕްލެޓްފޯމްގައި މަސައްކަތް ކުރުމޭ ވިދާޅުވެއްޖެ ނަަމަ އެގޮތަށް އަމަލުކުރާނަމޭ. އަޅުގަނޑު ދަންނަވަން މި އުޅެނީ ސިޔާސީ ގޮތުން އަޅުގަނޑު މިހާރު ކޮމިޓްމަންޓް ދީފައިމިވަނީ ރައީސް ސޯލިހުގެ އަރިހުގައި މަސައްކަތް ކުރަން.” ޝަރީފް ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސްކަންވެސް ކުރެއްވި ޝަރީފް ވަނީ އެމަނިކުފާނަކީ ސިޔާސީ ބޯވައެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަށްވެސް ރައްދު ދެއްވާފައެވެ، މި ގޮތުން ޝަރީފް ވިދާޅުވީ ކޮންމެ ދިމާލަކަށް ދަނީވެސް ސިޔާސީ ވަކި މަގްސަދެއްގައި ވަކި ސިޔާސީ މަސައްކަތްތަކެއް ކުރުމަށްކަމަށެވެ. އިތުރަށް ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓިއެއްގެ ތެރޭގައި އަލަށް ޕީއޭގައި ހަރަކާތްތެރިވި އިރު ސިޔާސީ ގޮތުން ވަރަށް ގިނަކަންކަން ދަސްވި ކަމަށާއި އަދި ސިޔާސީ ކަންކަން އަނބުރާލެވޭނެ ގޮތްތައް ރައީސް ޔާމީންގެ ފަރާތުން ދަސްވިކަމަށެވެ.

މީގެ ކުރިން ޝަރީފް ވަނީ ކުރީގެ ރައީސް ޔާމީންއާއެކު ޕީއޭގައި މަަސައްކަތް ކުރައްވާފައެވެ. އަދި އެއަށްފަހު ފެނައިކައިގެ އެމްޑީކަންވެސް ކުރެއްވި ޝަރީފް ވަނީ ޕީޕީއެމް އާއި ގުޅިވަޑައިގެންފައެވެ.