English Edition
Dhivehi Edition

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑީގައި އިންސާފުކޮށްލަން ވަރަށް ކަމުދާނެ އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “މޯކާ ޕްރަޕޭ” ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

2 ޖޯޑު ފްރޯޒެން ކޮފީ އައިސް ކިއުބް (އަމިއްލަ އަށް ތައްޔާރުކޮށްފައި)

1 ޖޯޑު ކިރު

3 މޭޒުމަތީ ސަމުސާ ހަކުރު

1 1/2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ

1/4 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

ކުޑަ ލޮނު ކޮޅެއް

1 މޭޒުމަތީ ސަމުސާ ކޮފީ (ގްރެނިއުލްސް)

ވިޕްޑް ކްރީމް (އޮޕްޝަނަލް)

ތައްޔާރުކުރާނެގޮތް:

ވިޕްޑް ކްރީމް ފިޔަވާ ހުރިހާ ތަކެތި ބްލެންޑަރަށް އަޅާފައި ގިރާލާށެވެ. ދެން ތަށްޓެއް ނަގާފައި ތަށްޓަށް އެޅުމަށްފަހު މައްޗަށް ވިޕްޑް ކްރީމް އަޅާފައި މައްޗަށް ކޮފީ ބުރުވާލާފައި ސާރވް ކުރާށެވެ.