English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، އީދު ދުވަހު ބިރިޔާނީ އާއި އެކު ކާން ވަރަށް މީރު ޑެޒަޓެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ސާގު ޕުޑިންގ”ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

3 ޖޯޑު ފެން

½ ޖޯޑު ސާގު

1/3 ޖޯޑު ހަކުރު

3 ކާފޫރުތޮޅި

1 ފޮނިތޮށި ކޮޅު

3 ރަނބާފަތް (1 އިންޗިވަރު)

¼ ޖޯޑު ފިނިފެން (މާފެން)

¼ ޖޯޑު ގެރިކިރު

ކުލަ (ފުޑް ކަލާ)

ތައްޔާރުކުރާނެގޮތް:

އެންމެފުރަތަމަ ތެއްޔެއް އުނދުން މައްޗަށް އުދާފައި ފެން އެޅުމަށްފަހު ކައްކާށެވެ. ފެން ކެކިގަތީމަ ސާގު އަޅާފައި ސާގުގެ ކުލަ ބަދަލު ވަންދެން ކައްކާފައި ފުރޭންޏަކުން ސާގު ފުރާނާލާފައި ފެން ފޮދު އުކާލާށެވެ. ދެން ހަމަ އެތެއްޔަށް ސާގު އެޅުމަށްފަހު، ހަކުރު، ކާފޫރުތޮޅި، ފޮނިތޮށި، ފިނިފެން އަދި ރާނބާފަތް އަޅައިގެން މަޑުގިނީގައި ހަކުރު ވިރެންދެން ކައްކާށެވެ. ދެން ކިރު އަދި ކުލަ އެޅުމަށްފަހު 2 މިނެޓްވަންދެން ކެއްކުމަށްފަހު ތަށިތައްޓަށް އެޅުމަށްފަހު ހިހޫވީމަ އިންސާފްކޮށްލާށެވެ.

ނޯޓް: ސާގު ޕުޑިންގ ފްރިޖަށް ލުމަށްފަހު ފިނިކޮށްގެން ވެސް މީރުވާނެއެވެ.