English Edition
Dhivehi Edition
25 އޮގަސްޓް 2019: ރައިސުލްޖުމްހޫރިއްޔާ މާފަންނު މަދަރުސާއަށް ޒިޔާރަތްކުރެއްވުން - ފޮޓޯ: ރައީސް އޮފީސް

ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް އަންނަ ބަދަލު މާދަމާ ހާމަކުރާނެ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މި ބަދަލު ރަސްމީކޮށް އިޢުލާން ކޮށްދެއްވާނީ މާދަމާގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހެވެ.

ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރަ ބޮޑު ކޮށްދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅަކަށްވާއިރު، ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒިފުންގެ މުސާރަ މާދަމާ ފެށޭ މެއި މަހުން ފެށިގެން ބޮޑުކުރަން ވަނީ ނިންމަވާފައެވެ.

ރައީސް ސާލިހު އެކަން އިޢުކާންކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައެވެ.

ރިޔާސީ ބަޔާނުގައި އެވާހަކަ ވިދާޅުވުމަށްފަހު، ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް އަންނަ ކުރިއެރުން އިތުރަށް ތަފްސީލް ކޮށްދެއްވަމުން ށ. ކޮމަންޑޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ މިހާރު 21،000 ރުފިޔާ ލިބޭ ޕްރިންސިޕަލަކަށް މެއި މަހުން ފެށިގެން 32،000 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށެވެ. އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން ސިވިލް ސަރވިސްގައި މަސައްކަތް ކުރާ 13،000 މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ ކަމަށެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު ތައުލީމީ ދާއިރާގައި މި ވަގުތު ދާއިމީ ދިވެހި ޓީޗަރުންގެ ގޮތުގައި 6،498 ޓީޗަރުންނާއި، ބިދޭސީ ޓީޗަރުންގެ ގޮތުގައި 1،730 އަދި ވަގުތީ 891 ޓީޗަރުންނާ އެކު ޖުމްލަ 9،119 ޓީޗަރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.