English Edition
Dhivehi Edition

ތ. ތިމަރަފުށި ޓާރފު ދަނޑު ހަލާކުކޮށްލުމަކީ ރަށަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށާއި އެކަމުގެ ތަޙުޤީޤު އަވަސްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒު އެދިވަޑައިގެންފިއެވެ.

ރިޔާޒު މިހެން ވިދާޅުވީ ޔޫތް މިނިސްޓްރީން އެރަށުގައި ތަރައްގީކުރި ޓާފް ފުޓްބޯޅަ ދަނޑަށް ގެއްލުންތަކެއް ދިނުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ރިޔާޒު ވިދާޅުވެފައިވަނީ ތިމަރަފުށީ ޓާރފް ދަނޑުއެޅިފަވަނީ ވަރަށް ދިގުއިންތިޒާރަކަށްފަހު ވަރަށް ގިނަބައެއްގެ މަސައްކަތުން އަދި ވަރަށް އުދަގުލުން ކަމަށެވެ. އަދި މިއީ ރަށަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ.

“މިކަންކުރިމީހަކު ނުވަތަ ބަޔަކު ހޯދާ ތަހުޤީޤު އަވަސްކޮށްދިނުމަށް ހޯމްމިނިސްޓަރ އަދި ޕޮލިސް ކަމިޝަނަރ އަށް ދަންނަވައިފިން.” މެމްބަރު ރިޔާޒުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ތިމަރަފުށި ޓާރފް ފުޓްބޯޅަ ދަނޑުގެ ހުރިހައި މަސައްކަތެެއް ނިމި، ހުޅުވަން ތައްޔާރުވެފައިވަނިކޮށް އެ ދަނޑު ހަލާކުކޮށްލާފައިވަނީ ދަނޑުގެ ވަށައިގެން ޖަހާފައިވާ ފެންސް ހަލާކުކޮށްގެން، ދަނޑުތެރެއަށް ވަދެއެވެ. އަދި ޓާރފުން ދެ ފޫޓުގެ ބޮޑުމިނުގެ 10 ވަރަކަށް ތަން ކޮނެގެން ވަނީ ނަގާފައެވެ.

އެކަން ކުށްވެރިކޮށް ޕީޕީއެމް އިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެކަން ކުރީ ކޮންމެ ބަޔަކު ކަމުގައިވީނަމަވެސް، އެއީ ވަރަށް ދަށުދަރަޖައިގެ ފިނޑި ޢަމަލެއް ކަމަށާއި އެ ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

“އެ ފިނޑި ނާތަހުޒީބު ޢަމަލު ހިންގާފައިވަނީ ކޮންމެ ބަޔަކު ނަމަވެސް އެކަން ކުރި ބަޔަކާއި މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދާ ޤާނޫނުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލަން.” ޕީޕީއެމް ގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީޕީއެމް އިން ވަނީ ރަށުގެ ތަރައްޤީއަށް ހުރަސް އެޅުމާއި ރަށުގައި ޤާއިމު ކުރެވިފައިވާ ރައްޔިތުންގެ ތަންތަނާއި މުދަލާއި ތަކެއްޗަށް ގެއްލުންވާފަދަ އެއްވެސް ކަމެއް ނުކުރުމަށް ވެސް އިލްތިމާސް ކޮށްފައެވެ.

ތިމަރަފުށި ޓާފް ފުޓްބޯޅަ ދަނޑުގެ ދާގަނޑު ހަލާކުކޮށްލާފަ