English Edition
Dhivehi Edition

މެދުރާއްޖެތެރޭގެ ރަށެއްގައި ބައްޕައަކު ކުޑަކުއްޖެއްގެ ގައިގައި އަލިފާން ޖައްސައިފިއެވެ.

ފުލުހުން ވިދާޅުވީ، އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖަކަށް އިތުބާރު ހިފޭ ފަދަ މަގާމެއްގައި ހުރި ފަރާތަކުން އަނިޔާކޮށްފައިވާ މައްސަލަ އެ މުއައްސަސާއަށް ހުށަހަޅާފައިވަނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.

އިތުރަށް ފުލުހުން ވިދާޅުވީ އަނިޔާ ލިބުނު ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި ރައްކާތެރި މާހައުލަކަށް މިހާރު އެ ކުއްޖާ ބަދަލުކޮށްފައިވާކަމަށެވެ.

މި މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އަންނަނީ ތަހުގީގުކުރަމުންނެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް އަނިޔާ އާއި ޖިންސީ ގޯނާކުރާ މައްސަލަ އިތުރުވެފައިވާއިރު، މިފަދަ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ކަމާއި ބެހޭ އިދާރާތަކުން އެކަށީގެންވާ ތަހުގީގެއް ނުހިންގާކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.