English Edition
Dhivehi Edition
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް - ފޮޓޯ: ރަކޯލްބް ލީގަލް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އެ ކުއްޖާގެ ދޮންބައްޕަ ހައްޔަރުކޮށްފިއެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 40 އަހަރުގެ ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު، ނ. ރ. ބ. އަދި ޅ. އަތޮޅު ހިމެނޭ ނޯތު ޕޮލިސް ރީޖަންގެ ރަށެއްގައި، އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ.

އިތުރަށް ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ، އިއްޔެ ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ގެންދިއުމުން ޝާރީޢަތް ނިމެންދެން އޭނާ ބަންދު ކުރަން ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.