English Edition
Dhivehi Edition

ހެޔޮ މަތިވެރި އަމަލުތަކުގައި ދެމި ތިބުމަށް ޚުތުބާގައި ނަޞޭހަތްތެރިވެއްޖެއެވެ.

ހެޔޮކަމުގެ ދެމި ތިބުމުގެ މުހިންމުކަން” މި މައުޟޫއަށް މިއަދު ދިން ހުކުރު ޚުތުބާގައި ބުނެފައިވަނީ ހަމަކަށަވަރުން ރަޙްމަތާއި ބަރަކާތުން ފުރިގެންވާ ރަމަޟާން މަސް އަހަރެމެންނާ އަލްވަދާޢު ކިޔުމަށް މިވަނީ ކުޑަތަންވެފައި ކަމަށެވެ. އަދި މިބަރަކާތްތެރި މައްސަރުގައި އަޅުތަކުން ކުރާ ޢަމަލުތަކުގެ ފަތްތައް، މާތް ﷲގެ ޙަޟްރަތަށް އުފުލިގެންދާނެ ކަމަށެވެ.

މިއީ މީހަކު އެތައް ޚަރަދަކާއި އެތައް މަސައްކަތެއް ކޮށްގެން ރަނގަޅު ބިނާއެއް ކުރުމަށްފަހު, އެ ބިނާ އަމިއްލަ އަތުން ފުނޑުފުނޑުކޮށްލުން ފަދަ ކަމެއް ނޫންތޯ ސުވާލުކޮށް، ޚުތުބާގައި ބުނީ, އަޅުން ކުރާ ހެޔޮ އަމަލު, މާތް الله ގަބޫލުކުރެއްވިކަމުގެ ނިޝާންތަކެއްގެ ގޮތުގައި ބައެއް ކަންތައްތައް އިލްމުވެރިން ބަޔާންކުރައްވާފައިވާ ކަމަށެވެ.

އެގޮތުން ހެޔޮ އަމަލުކުރުމަށްފަހު އެ އަމަލުތައް ދޫކޮށްނުލައި ފާފަތަކަށް އަރައި ނުގަނެ ހުރުމާއި ކުރެވުނު ހެޔޮ އަމަލަކީ މާތް اللهގެ ހަޟްރަތުގައި މަގުބޫލު އަމަލަކަށް ނުވެ ހިނގައިދާނެތީ އެކަމަށް ބިރުވެތިވުން ހިމެނޭ ކަމަށް ބުނެފައިވެއެވެ.

“އަޅުން ކުރާ ހެޔޮ ޢަމަލު މާތް ﷲ ޤަބޫލު ކުރެއްވިކަމުގެ ނިޝާންތަކެއްގެ ގޮތުގައި ބައެއް ކަންތައް ޢިލްމުވެރިން ބަޔާންކުރައްވައިފައި ވެއެވެ. އެއީ ހެޔޮ ޢަމަލު ކުރުމަށް ފަހު އެ ޢަމަލު ދޫކޮށް ނުލައި، ފާފަތަކަށް އަރައި ނުގަނެ ހުރުމެވެ. ހެޔޮ ޢަމަލަކީ މާތް ﷲ ގެ ޙަޟްރަތުގައި، މަޤްބޫލު ޢަމަލަކަށް ނުވެ ހިނގައިދާނެތީ، އެކަމަށް ބިރުވެތިވުމެވެ. ހެޔޮ ޢަމަލު ކުރުމަށް ފަހު ފާފަތަކާ ދުރުހެލިވެ، ހެޔޮ ޢަމަލުތައް ކުރުންމަތީ ދެމިހުރުމުގެ ތައުފީޤު ލިބުމެވެ.” ޚުތުބާގައި ބުނެފައިވެއެވެ.