English Edition
Dhivehi Edition

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑީގައި އިންސާފުކޮށްލަން ވަރަށް ކަމުދާނެ އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ބެރީ ޗިއާ ޖާރ” ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

1 ޖޯޑު ބްލޫބެރީ

1/2 ޖޯޑު ޗިއާ ސީޑްސް

1 ސައިސަމުސާ ލުނބޮލުގެ ތޮށި ގާނާފައި

1 ޖޯޑު ރާސްބެރީ

2 މޭޒުމަތީ ސަމުސާ މާމުއި

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ބްލެންޑަރ ނަގާފައި އޭގެ ތެރެއަށް ބްލޫބެރީ، ރާސްބެރީ ، މާމުއި އަދި ލެމަން ޒެސްޓް އަޅާފައި ގިރާލާށެވެ. ދެން ތަށްޓެއް ނަގާފައި އޭގެ ތެރެއަށް ތައްޔާރު ކުރި ޖޫސް އެޅުމަށްފަހު ޗިއާސީޑް އަޅާފައި ފޯވަންފެން ބަހައްޓާށެވެ. ދެން ފްރިޖްއަށް ލުމަށްފަހު މިންޓްފަތުން އަދި ފްރެޝް ބެރީސް އެޅުމަށްފަހު ގާނިޝް ކޮށްފައި ސާރވް ކުރާށެވެ.