English Edition
Dhivehi Edition

1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ އެންމެ ފަހު ޕްރޮގްރާމް މިރޭ 21:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.

”އިންސާނުންގެ ޙާލަތު ކީރިތި ޤުރުއާނުގެ އަލީގައި” މި މައުޟޫޢުއަށް މިރޭ ފޯރަމްގައި ތަޤްރީރު ކުރައްވާނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އަދި އައްޝައިޚް ފައްޔާޟް ޢަލީ މަނިކެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ 12 ޕްރޮގްރާމް މިހާތަނަށް ބާއްވާފައިވާއިރު ރާއްޖޭގެ އެކި ސިޓީތަކާއި އިސްލާމިކް ސެންޓަރު ހުރި ރަށްތަކުގައިވެސް ވަނީ މި ފޯރަމް ބާއްވާފައެވެ.

މި ފޯރަމްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވިގެން ދެވޭ ބޮޑު އިނާމުގެ ނަސީބުވެރިންވެސް މިރޭ އިޢުލާންކުރެވިގެންދާނެއެވެ.

އަތޮޅުތަކާއި މާލެއަށް ވަކިން 1ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާލެވޭ މި އިނާމުތަކުގެ ތެރޭގައި 01 ވަނައަށް ޢުމްރާ ދަތުރެއް، 2 ވަނައަށް ސެމްސަންގ ގެލެކްސީ 22 ޕްލަސް ފޯނެއް، 03 ވަނައަށް ދާ ފަރާތަކަށް 65 އިންޗީގެ ޓީވީއެއް އިނާމުގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.