English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަވީއްލުމަށް ފަހު ކާން ވަރަށް މީރު ޑެޒަޓެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ސްޓްރޯބެރީ ޕައި”ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

5 ޖޯޑު ސްޓްރޯބެރީ (ކުދިކޮށް ކޮށާފައި)

1 ޖޯޑު ހަކުރު

3/4 ޖޯޑު ފެން

1 މޭޒުމަތީ ސަމުސާ ބަޓަރ

3 މޭޒުމަތީ ސަމުސާ ކޯންސްޓާޗް

1/2 ޖޯޑު ޕިޕްޑް ކްރީމް

1 ޕައި ކްރަސްޓް

ތައްޔާރުކުރާނެގޮތް:

އަވަން 190ޑިގްރީ އަށް ހޫނުކުރަން ޖައްސާލާށެވެ.

ދެބައިކުޅެ އެއްބައި ސްޓްރޯބެރީސް ނަގާފައި ހިމުންކޮށް ޗޮޕް ކޮށްލާށެވެ. ދެން އުނދުން މައްޗަށް ތަވާ އުދާލާފައި އޭގެ ތެރެއަށް ޗޮޕްކުރި ސްޓްރޯބެރީ އަޅާފައި ހަކުރުވެސް އެޅުމަށްފަހު ހަކުރު ވިރި ސްޓްރޯބެރީވެސް ރަނގަޅަށް ރޯފިލަންދެން ކައްކަމުންދާށެވެ. ސްޓްރޯބެރީތައް ކެކެމުންދާއިރު، އެހެން ބޯތަށްޓެއް ނަގާފައި އޭގެ ތެރެއަށް ފެނާއި ކޯންސްޓާޗް އެއްކޮށްފައި ކެކެމުން ދާ ސްޓްރޯބެރީ ގެ ތެރެއަށް އަޅާފައި މަޑުގިނީގައި 10 މިނެޓްވަންދެން ކައްކާލާށެވެ.

ޓްރޭގެ ތެރޭގައި ބަޓަރ ހާކަލުމަށްފަހު ޕައި ކްރަސްޓް ފަތުރާލާފައި ގޯލްޑެން ބްރައުން ކުލައަރަންދެން އަވަނުން ފިހެލާށެވެ. ދެން ފިހާފައިވާ ޕައި ކްރަސްޓްމަތީގައި ބާކީ ހުރި ސްޓްރޯ ބެރީ ތައް އަތުރާލުމަށްފަހު މީގެމައްޗަށް ކައްކާފައި ހުރި ސްޓްރޯބެރީ މިކްސްޗަށް އަޅާލާށެވެ. ދެން ފްރިޖްގައި ސެޓް ވަންދެން ޕައި ބަހައްޓާށެވެ. އެއަށްފަހު މައްޗަށް ވިޕްޑް ކްރީމް އެޅުމަށްފަހު ސާރވް ކުރާށެވެ.