English Edition
Dhivehi Edition

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑީގައި އިންސާފުކޮށްލަން ވަރަށް ކަމުދާނެ އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “އޮރެންޖް ބަނާނާ ސްމޫތީ” ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

4 އޯރެންޖް (ތޮށި މަށާފައި އޮށް ނަގާފައި)

2 ޖޯޑު އައިސް

1/3 ޖޯޑު ކިރު

1 ކުޑަ ދޮންކެޔޮ

1-2 މެޒުމަތީ ސަމުސާ މާމުއި

1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެގޮތް:

ހުރިހާ އެއްޗެއް ބްލެންޑަރ އަށް އަޅާފައި ރަނގަޅަށް ގިރާލާށެވެ. ދެން ތަށްޓެއް ނަގާފައި ތަށްޓަށް އެޅުމަށްފަހު ގާނިޝް ކުރުމަށް ތަށީގައި އޮރެންޖެ ފޮއްޗެއް ޖެހުމަށް ފަހު ސާރވް ކުރާށެވެ.