English Edition
Dhivehi Edition
ފޮޓޯ: ގޫގަލް

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑީގައި އިންސާފުކޮށްލަން ވަރަށް ކަމުދާނެ އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “މިންޓް މިލްކް ޝޭކް” ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

2 ޖޯޑު ވެނީލާ އައިސްކްރީމް

1/4 ޖޯޑު ކިރު

1/2 މޭޒުމަތީ ސަމުސާ މިންޓް ސިރަޕް

1/2 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

ކުލަހިފާވަރަށް ފެހި ކުލަކޮޅެއް

ވިޕިންގް ކްރީމް

ތައްޔާރުކުރާނެގޮތް:

ވިޕިންގް ކްރީމް ފިޔަވާ ހުރިހާ އެއްޗެއް ބްލެންޑަރަށް އަޅާފައި ގިރާލާށެވެ. ދެން ތަށްޓެއް ނަގާފައި ތަށްޓަށް ތައްޔާރު ކުރި މިލްކްޝޭކް އެޅުމަށްފަހު މައްޗަށް ވިޕިންގ ކްރީމް އަޅާފައި ޗޮކްލެޓް ސިރަޕް ނޫނީ ރީތި ކުލައެއްގެ ސްޕްރިންކްލް އިން ގާނިޝް ކުރުމަށް ފަހު ސާރވް ކުރާށެވެ.