English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަވީއްލުމަށް ފަހު ކާން ވަރަށް މީރު ޑެޒަޓެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ފްރުޓް ސާގު ޑޭޒާޓް”ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

1/4 ޖޯޑު ސާގު

2 ޖޯޑު ދިޔާ ކިރު

2 މޭޒުމަތީ ސަމުސާ ހިކި ކިރު

5 މޭޒުމަތީ ސަމުސާ ހަކުރު

1/4 ޖޯޑު ފެހި ގްރޭޕްސް

1/4 ޖޯޑު ކަޅު ގްރޭޕްސް

1/4 ޖޯޑު އަންނާރު އޮށް

1/4 ޖޯޑު ރަތް އާފަލު

1/4 ޖޯޑު އަނބު ކިއުބް ގޮތަށް ކޮށާފައި

3 މޭޒުމަތީ ސަމުސާ ސްޓްރޯބެރީ

ވެނީލާ އެސެންސް

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ފެން ހޫނު ކުރުމަށް ފަހު، ކެކިގަތީމަ ސާގު އަޅާފައި ޓްރާންސްޕޭރެންޓް ކުލަ އަރަންދެން ކައްކާފައި ސާގު ފުރާނާފައި ފިނިފެނުން ދޮވެލާފައި ބަހައްޓާށެވެ. ދެން އެހެން ތެއްޔަކަށް ދިޔާ ކިރު ، ހިކި ކިރު އަދި ހަކުރު އަޅާފައި ކައްކާށެވެ. ދެން ކެކިގަތީމަ ކުރިން ކައްކާފައި ހުރި ސާގު މީގެތެރެއަށް އަޅާފައި 2 މިނެޓްހާއިރު ވަންދެން ކައްކާލާށެވެ. ދެން ވެނީލާ އެސެންސް އެޅުމަށް ފަހު ރަނގަޅަށް ހިހޫވީމަ މަތީގައި ލިޔެފައިވާ ހުރިހާ ފުރުޓުތައް އެއްކޮށްފައި ޓްރޭއަކަށް އަޅާފައި ފްރިޖްގައި 2 ގަޑި އިރުވަންދެން ބެހެއްޓުމަށްފަހު ސާރވް ކުރާށެވެ.