English Edition
Dhivehi Edition

ފުވައްމުލަށް ސިޓީ އެތެރޭގެ މަގުހެދުމަށް އޭބީސީ އަޅަން ބޭނުންވާ މެޓީރިއަލްސް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދާ ކުންފުނި އެމްޓީސީސީން ބުނީ ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.‏

މި މަޝްރޫޢުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމަށް ވަނީ ނިންމާފައެވެ. އަދި 27،450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން 19،940 މީޓަރުގެ ސަރަޙައްދެއްގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މިއީ 331.05 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.