English Edition
Dhivehi Edition

އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަވީއްލުމަށް ފަހު ކާން ވަރަށް މީރު ޑިޝްއެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “މެކްސިކަން ރައިސް”ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

1 ޖޯޑު ބާސްމަތީ ހަނޑޫ

2 ޖޯޑު ޗިކެން ކިއުބް ފެން

1 ދަޅު މިކްސްޑް ޓޮމަޓޯ ސޯސް ( ނުވަތަ ގޭގައި ލިބެން ހުރި ޓޮމާޓޯ ސޯސްގެ ބާވަތެއް)

1 މެޒުމަތީ ސަމްސާ ޕާސްޓާ ސޯސް

ލޮނު އަދި އަސޭމިރުސް (ރަހަލާވަރަށް)

ޓޮޕިންގް އަށް:

ޓޮމަޓޯ ފޮތިކޮށްފައި

ސްޕްރިންގ އޮނިއަންސް

ކޮރިއަންޑާ ފަތް ނުވަތަ ލީކްސް ކޮށާފައި

ތައްޔާރުކުރާނެގޮތް:

އެންމެ ފުތަރަމަ ތެއްޔަކަށް ހަނޑޫ ކޮޅު ދޮވެލާފައި އަޅާލާށެވެ. ދެން މީގެތެރެއަށް ލޮނު ، އަސޭމިރުސް، ސޯސް ތައް އަދި ޗިކެން ކިއުބް ފެން 2 ޖޯޑު އަޅަފައި މަތިޖަހައިގެން ރަނަގަޅަށް ހަނޑޫ ރޯފިލަންދެން ކައްކާލާށެވެ. ކައްކާ ނިމުނީމާ މައްޗަށް ކުޑަ ލޮނުކޮޅަކާ އަސޭމިރުސް ކޮޅެއް އަޅާފައި ޓޮމަޓޯ ފޮތި ތައް އަދި ސްޕްރިންގ އޮނިއަންސް އާއި ލީކްސް އަޅާފައި މަތިޖަހާފައި ކުޑަ އިރުކޮޅަކަށް ބެހެއްޓުމަށްފަހު ސާރވް ކުރާށެވެ.