English Edition
Dhivehi Edition

ފިތުރު ޒަކާތަކީ ރަމަޟާން މަހާ ގުޅިގެން ރަސޫލާ ފަރުޟު ކުރައްވާފައިވާ ޒަކާތެކެވެ. އެކަން ފަރުޟު ކުރައްވާފައިވަނީ އެންމެންގެ މައްޗަށެވެ. ބޮޑެތި މީހުންނާއި ކުޑަކުދިންނާއި މިނިވަނުންނާއި އަޅުން، އެންމެން ޝާމިލުވާ ގޮތަށެވެ.

ކުޑަކުދިންގެ މަތިން މި ޒަކާތް ނެރެން ޖެހޭނީ އޭނާގެ ބަލަދުވެރިޔާ އެވެ. ބަނޑުގަ އޮންނަ ދަރިފުޅުގެ މަތިން ފިތުރު ޒަކާތް ނެރުމަކީ ވެސް ހެޔޮ ކަމެއް ކަމަށް ބައެއް އިލްމްވެރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް އެއީ ވާޖިބު ކަމެއް ނޫނެވެ.

ފިތުރު ޒަކާތް ފަރުޟު ކުރެއްވުމުގެ އެއް ހިކުމަތަކީ އެކަމަކީ ރޯދަވެރިޔާއަށް އޮތް ތާހިރު ކަމެއްގެ ގޮތުގައި ލެއްވުމެވެ. އެއީ ރޯދައަށް ހުންނަ މީހާއަށް ވެސް ކުށެއް ކުރެވިދާނެ އެވެ. ފިތުރު ޒަކާތް ދެއްކުމުން އެގޮތަށް ކުރެވިފައި ހުންނަ ކުދި ކުށްތަކުން މީހާ ތާހިރުވެގެންދެ އެވެ.

އީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް އަދާކުރުމަށް އިލްމްވެރިން އަންގަވާފައި ވެއެވެ. ފިތުރު ޒަކާތަކަށް ވަނީ ވެސް އީދު ނަމާދުގެ ކުރިން އަދާކޮށްފިނަމަ އެވެ. އޭގެ ފަހުން އަދާކުރާނަމަ އެ ވާނީ ޞަދަގާތަކަށެވެ.

ނޯޓް: މިލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ފަތުވާތަކުން