English Edition
Dhivehi Edition

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑީގައި އިންސާފުކޮށްލަން ވަރަށް ކަމުދާނެ އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “އެވަކާޑޯ ސްމޫތީ” ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

1 އެވަކާޑޯ

1 ދޮންކެޔޮ

1/2 ޖޯޑު އައިސްކިއުބް

2 ސްކޫޕް ވެނީލާ އައިސްކްރީމް

1 މޭޒުމަތީ ސަމުސާ މާމުއި

1 ޖޯޑު ކިރު

ތައްޔާރުކުރާނެގޮތް:

އައިސް ކިއުބް ފިޔަވައި ހުރިހާ ތަކެތި ބްލެންޑަރަށް އަޅާފައި ރަނގަޅަށް ގިރާލާށެވެ. ދެން ތަށްޓެއް ނަގާފައި ތަށްޓަށް ތައްޔާރުކުރި ސްމޫތީ އަޅާފައި މައްޗަށް އައިސްކިއުބް އެޅުމަށްފަހު ސާރވް ކުރާށެވެ.