English Edition
Dhivehi Edition

ރަނާސް މޯލްޑިވްސްއާއި ނަސީރު ސްޕޯޓްސް އެކަޑަމީ ގުޅިގެން އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ “އީކުއޭޓަރ އައްޑޫސިޓީ އިންޓަރނޭޝަނަލް މެރަތަން” ގައި ކެންޔާއިން އެކަނިވެސް މިހާތަނަށް 15 މީހުން ބައިވެރިވެއްޖެއެވެ.

މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ނަސީރު އިސްމާއީލް ވިދާޅުވީ އެއަދަދު އިތުރުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ކެންޔާއިން ބައިވެރިވި އެތުލީޓުންގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ދުވުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި ކެންސަސް ސިޓީ މެރެތަން ކާމިޔާބުކޮށްފައިވާ ޖިއޮފްރީ ކިޕްރޮޓިޗް ހިމެނެއެވެ. “އޭނާގެ ބެސްޓް ޓައިމަކީ ދެގަޑި އެގާރަ މިނިޓް” ނަސީރު ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ މެރެތަންގައި ބައިވެރިވުމަށް މިހާތަނަށް 900 އަށްވުރެ ގިނަމީހުން ނަންނޯޓު ކޮށްފައިވާ ކަމަށެވެ. މެރެތަންގައި ބައިވެރިވުމުގެ ސުންގަޑިއަކީ ނޮވެމްބަރު 8 އެވެ. މެރެތަން އޮންނާނީ އަންނަ ޑިސެމްބަރުމަހު 8 ވަނަ ދުވަހުއެވެ.

ނަސީރު އިސްމާއީލް ވިދާޅުވީ މި މެރެތަންގެ ސަބަބުން އައްޑޫސިޓީ ދުނިޔެއަށް ހުޅުވި މަޝްހޫރު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.