English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަވީއްލުމަށް ފަހު ކާން ވަރަށް މީރު ޑިޝްއެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “މޮޒެރެއްލާ ރޯލްސް”ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

10 ރެޕިންގ ޝީޓް

10 ސްޓިކް މޮޒޮރެލާޗީޒް (ޗީޒްގަނޑުން ހިމަކޮށް ދިގުކޮށް ކަފާފައި)

ގާލިކް ޕައުޑަރ

ފެންފޮދެއް

ތެޔޮ

ބޭނުން ވައްތަރެއްގެ ސޯސް

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ރެޕިންގ ރޯލްސް ނަގާފައި އޭގެ މަތީގައި ޗީޒް ރޯލް ބޭއްވުމަށްފަހު ގާލިކް ޕައުޑަރ ޗީޒްގަނޑު މައްޗަށް ބުރުވާލުމަށްފަހު ރެޕިންގ ޝީޓްގެ ކައިރި ފަށުގައި ފެން ހާކާފައި ރޯލް ކޮށްލާށެވެ. ޗީޒް ހުސްވަންދެން މިގޮތަށް ރޯލް ހަދާށެވެ. ދެން ތަވާ އުނދުން މައްޗަށް އުދާފައި ތެޔޮ އެޅުމަށްފަހު ހޫނުވީމާ ތައްޔާރު ކުރި ރޯލްސް ތެލަށް އަޅާފައި އެއަށް މަޑު ބުރައުން ކުލަ އަރަންދެން ތެލުލާށެވެ. ދެން ބޭނުން ވައްތަރެއްގެ ސޯސް އަކާއެކު އިންސާފު ކޮށްލައްވާށެވެ.

ނޯޓް: އެގްރޯލް ތެލުލަން ބޭނުން ނޫން ނަމަ ރޯލްސްގެ ބޭރުފުށުގައި ބިސް ހާކާލުމަށްފަހު އަވަނުން ފިހެލާށެވެ.