English Edition
Dhivehi Edition
ކުކީސް އެންޑް ކްރީމް ފަޖް/ ފޮޓޯ: ގޫގަލް

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަވީއްލުމަށް ފަހު ކާން ވަރަށް މީރު ފޮނި އެއްޗެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ކުކީސް އެންޑް ކްރީމް ފަޖް”ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި: (25 ޕީސަސްއަށް)

510ގ ހުދު ޗޮކްލެޓް

400ގ ގެރިިކިރު (ކޮންޑެސްޑް މިލްކް)

12 ކުކީސް ކުދިކޮށްފައި (ބޭނުން ވައްތަރެއްގެ ބިސްކޯދެއް، އޯރެއޯވެސް ބޭނުން ކުރެވިދާނެ)

ތައްޔާރުކުރާނެގޮތް:

ބޯތަށްޓަކަށް ހުދު ޗޮކްލެޓާއި ގެރިކިރު އަޅާފައި މައިކްރޯވޭވް އަށްލާފައި 15 ސިކުންތައް ހޫނު ކޮށްލާށެވެ. ނުވަތަ ޗޮކްލެޓް ވިރެންދެން ހޫނު ކުރާށެވެ. ޗޮކްލެޓް ވިރައިގެން ދިޔައިމަ ކުދިކޮށްފައި ހުރި ކުކީސް ނުވަތަ ބިސްކޯދު މީގެ ތެރެއަށް އެއްކުރާށެވެ. ދެން (20×20) ޓެރޭއެއްގައި ބޭކިންގް ޕޭޕާ އެޅުމަށްފަހު މީގެ މައްޗަށް ތައްޔާރު ކުރި ފަޖް މިކްސް އަޅާފައި ފަތުރާލާށެވެ. ދެން ފްރިޖަށްލާފައި 2 ގަޑި އިރު ބެހެއްޓުމަށްފަހު ނަގާފައި ވަޅިން ހަތަރެސްކަން ޝޭޕަށް ފަޖް ނެގޭގޮތަށް ކަފާލާށެވެ.