English Edition
Dhivehi Edition
ވެނީލާ މިލްކްޝޭކް/ ފޮޓޯ: ގޫގަލް

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑީގައި އިންސާފުކޮށްލަން ވަރަށް ކަމުދާނެ އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ވެނީލާ މިލްކްޝޭކް” ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި: (1 ތަށްޓަށް)

4 ސްކޫޕް ވެނީލާ އައިސްކްރީމް

1/4 ޖޯޑު ކިރު

ވިޕްކްރީމް (ގާނިޝްކުރުމަށް)

ސްޕްރިންކްލްސް (ގާނިޝްކުރުމަށް)

1 ޗެރީ (ގާނިޝްކުރުމަށް)

ތައްޔާރުކުރާނެގޮތް:

އައިސްކްރީމް އަދި ކިރު ބްލެންޑަރަށް އަޅާފައި ގިރާލާށެވެ. ދެން ތަށްޓެއް ނަގާފައި އޭގެ ތެރެއަށް ތައްޔާރުކުރި ވެނީލާ މިލްކްޝޭކް އަޅާފައި މައްޗަށް ވިޕިންގް ކްރީމަ އަޅައި އޭގެ މައްޗަށް ސްޕްރިންކްލްސް އެޅުމަށްފަހު ވިޕިންގް ކްރީމްގެ މެދަށް ވާގޮތަށް ޗެރީ ބާއްވާލާށެވެ.