English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަވީއްލުމަށް ފަހު ކާން ވަރަށް މީރު އަދި ހަށިގަނޑަށް ފައިދާހުރި ޑިޝްއެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ޗީޒީ ގާލިކް ބްރޮކޮލީ”ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

ބޮޑު 3 ބޮނޑި ބްރޮކޮލީ (ވަކި ވަކި ކޮށްފައި)

1 3/4 ޖޯޑު ޝޭޑާ ޗީޒް

3 ލޮނުމެދެ ޗަސްކޮށްފައި

ލޮނު އަދި އަސޭމިރުސް (ރަހަލާވަރަށް)

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ އަވަން 190 ޑިގްރީ އަށް ޕްރިހީޓަށް ޖައްސާލާށެވެ. ދެން ޓްރޭއެއް ނާގަފައި އޭގައި ބޮރޮކޮލީ ތައް ފަތުރާލާށެވެ. ޝެޑާ ޗީޒްގެ ތެރެއަށް ގާނާފައި ހުރި ލޮނުމެދު އަޅާފައި އެއްކުރާށެވެ. މި ޗީޒް ތައް ބްރޮކޮލީ ގެ މައްޗަށް ވިއްސާލާފައި ރަހަލާވަރަށް ލޮނު އަދި އަސޭމިރުސް ވެސް އަޅާފައި އަވަނުން 25މިނެޓަށް ފިހެލާށެވެ.