English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަވީއްލުމަށް ފަހު ކާން ވަރަށް މީރު އަދި ދިވެހިންގެ މެދުގައި އެހާ މަގުބޫލު ފޮނި އެއްޗެއެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ގިތެޔޮ ބޯކިބާ”ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

3 ޖޯޑު ހުމުންކޮށް ފުނޑާފައި ހުރި ހަނޑޫ

2 ޖޯޑު ބައި ހަކުރު

1 ސައިސަމުސާ ހިމުންކޮށް މުގުރާފައި ހުރި ކާފޫރުތޮޅި

2 މޭޒުމަތީ ސަމުސާބައި ގިތެޔޮ

1 ސައިސަމުސާ މުގުރާފައި ހުރި ފޮނިތޮށި

1 ޖޯޑު ކާށި ކިރު

5 ރާނބާފަތް (1 ިންޗި ހުންނަ ވަރަށް ބުރިކޮށްފައި)

1 ޖޯޑު މާފެން

1 ޖޯޑު ފިޔާ ކޮށާފައި

ތައްޔަރުކުރާނެގޮތް:

ތެއްޔަކަށް 4 ޖޯޑު ފެންއަޅާލުމަށްފަހު ރާނބާފަތް އަޅާފައި ރަހަ ނިކުންނަ ވަރަށް ހޫނު ކޮށްލާށެވެ. ދެން ހަނޑޫ ފުށް 1ޖޯޑު، މާފެން 2 ޖޯޑު، ކާށިކިރު އަދި ރާނާބާފަތު ފެން އަޅާލުމަށްފަހު ހަނޑޫ، ހަކުރު، ފޮނިތޮށި، ކާފޫރު ތޮޅި އެއްކޮށްފައި އޮމާން ވަންދެން ގިރާލަށެވެ. ދެން ތަވައެއް އުނދުން މައްޗަށް އުދާލާފައި ގިތެޔޮ ކޮޅު އެއްކޮށްފައި ދިޔާވީމާ ފިޔާ އަޅާލުމަށްފަހު ފިޔާ ރަތް ވަންދެން ކައްކާފައި އުނދުން މަތިން ބާލާށެވެ.

ދެން ގިރާފައި ހުރި ފުށް ތެއްޔަކަށް އަޅާލުމަށްފަހު މަޑުގިނީގައި ދޭފަތުން ހަލުވަމުން ރޯފިލަން ދެން ކައްކާށެވެ. ކެކެމުން ދާއިރު ރަތްކުރި ފިޔާކޮޅުގެ ދެބައި ކުޅެ އެއްބައި މީގެތެރެއަށް އަޅާށެވެ. ރޯނުފިލާނީސް ހިކޭނަމަ ރާނބާފަތު ފެން އެއްކޮށް ލެވިދާނެއެވެ. ރަނގަޅަށް ފުށްގަނޑު ރޯފިލީމަ ޓްރޭއެއްގައި ބަޓަރު ކޮޅެއް ހާކާލުމަށްފަހު ފުށްގަނޑު އަޅާލުމަށްފަހު މައްޗަށް ބާކީ ހުރި ފިޔާކޮޅު ވިއްސާލާފައި މަޑު މުށި ކުލަ އަރަންދެން އަވަނުން ފިހެލާށެވެ.