English Edition
Dhivehi Edition

އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑީގައި އިންސާފުކޮށްލަން ވަރަށް ކަމުދާނެ އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ބަނާނާ ސްޓްޜޯބެރީ ސްމޫތީ” ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

އެއްތައްޓަށް:-

1 ދޮންކެޔޮ

1 ޕްލެއިން ގްރީކް ޔޯގަޓް

2 ޕްރޯޒެން ސްޓްރޯބެރީ

1/4 ޖޯޑު ފެން

ތައްޔާރުކުރާނެގޮތް:

ދޮންކެޔޮ، ޔޯގަޓް, ސްޓްރޯބެރީ އަދި ފެން އެޅުމަށްފަހު ބްލެންޑަރުން މިތަކެތި ރަނގަޅަށް ގިރާލާށެވެ. ފިނި ކުރަނ ްބޭނުންނަމަ އައިސްކިއުބް އެޅިދާނެއެވެ. ރަނގަޅަށް ގިރާލެވުމުން ތައްތަކަށް އެޅުަމށްފަހު ސާރވް ކުރާށެވެ.

ނޯޓް: މިޑްރިންކް ތައްޔާރު ކުރަން އެންމެ ރަނގަޅީ ރޯދަވީއްލާ ގަޑި ކައިރި ވުމުންނެވެ.