English Edition
Dhivehi Edition

ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ، އަނަންދު އަހޫޖާގެ ގެއިން ވައްކަންކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި، ދިއްލީގައި ހުންނަ ސޯނަމް ގެ ގެއިން ވައްކަން ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެ ގޭގެގައި މަސައްކަތްކުރާ ދެ މީހުންނެވެ.

މި އަހަރުގެ ފެބްރުއަރީ މަހު 25 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މި މައްސަލައާއި ގުޅިގެން އެގޭގައި މަސައްކަތްކުރާ 25 މުވައްޒަފަކާއި އަދި އެ ގޭގައި މަސައްކަތްކުރާ ނުވަ މީހަކާއި ފުލުހުންވަނީ ސުވާލުކޮށްފައެވެ.

ދިއްލީ ފުލުހުންނާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުން، 2.4 ކްރޯޑް ރުޕީސްގެ ގަހަނާ އާއި ފައިސާ ވަގަށް ނެގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ގެއިން ވަނީ ވަގަށް ނަގާފައިވާ ބައެއް ތަކެތި ފެނިފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އަޕަރްނާ ރުތު ވިލްސަން އަކީ ސޯނަމްގެ މައިދައިތަ، ޕްރިޔާ އަހޫޖާ ބަލަހައްޓާ ނަރުހެކެވެ. ދެން އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ނަރޭޝް ކުމާރު ސާގަރަކީ އެ ނަރުސްގެ ފިރިމީހާ އެވެ. އޭނާއަކީ ޕްރައިވެޓް ފާމެއްގެ އެކައުންޓެންޓެއްގެ ގޮތުގައި މަސައްކަތްކުރާ މީހެއް ކަމަށްވެސް ފުލުހުންނާއި ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.