English Edition
Dhivehi Edition
2018 ވަނަ އަހަރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މީހުން ވޯޓުލަނީ - ފޮޓޯ: ނިޝާން އަލީ (މިހާރު)

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި އެމްޑީޕީ ކެންޑިޑޭޓަށް ބައިވެރިވުމުގެ ފުރުސަތު ގެއްލިއްޖެއެވެ.

މި އިންތިހާބުގައި އެމްޑީޕީ ކެންޑިޑޭޓަށް ބައިވެރިވުމުގެ ފުރުސަތު ގެއްލުނީ، އިލެކްޝަން ކޮމިޝަނުން ކަނޑައެޅި ވަގުތު ހަމަވި ފަހުން، ފޯމު ހުށަހެޅުމާއި ގުޅިގެންނެވެ،

އެޕްރީލް މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ މި އިންތިހާބަށް، ކެންޑިޑޭޓުން ނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ 14:00 އާ ހަމައަށެވެ.

އެމްޑީޕީ އިން ވަގުތު ހަމަވި ފަހުން ފޯމު ހުށަހެޅުމަށް މަސައްކަތްކުރިކަމަށް އިދިކޮޅު ޕީޕީއެމް އިން ތުހުމަތުކޮށްފައިވާއިރު މިކަމާއި ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ވަގުތު ހަމަވިއިރު ވެސް އެމްޑީޕީން ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަނާޅާ ކަމަށެވެ.