English Edition
Dhivehi Edition

އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑީގައި އިންސާފުކޮށްލަން ވަރަށް ކަމުދާނެ އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ސްޕެޝަލް ރަމަޟާން ސަރުބަތު” ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

1/2 1 ލީޓަރ ކިރު

1/2 ޖޯޑު ހަކުރު

4 މޭޒުމަޓީ ސަމުސާ (އިސްބަގޫލު ފެނަށްއަޅާފައި ފޯކޮށްފައި)

1 ޕެކެޓް ޖެލީ (ޕެކެޓްގެ ބޭރުގަ ލިޔެފައިވާ ގޮތަށް ކެއްކުމަށްފަހު ފިނިކޮށްފައި ކުދިކޮށް ކޮށާފައި)

2 ޖޯޑު އައިސްކިއުބް

12 އަލްމަންޑް (ހިމުންކޮށް މިކްސަރުން މުގުރާފައި)

12 ޕިސްޓަޗިއޯ (ހިމުންކޮށް މިކްސަރުން މުގުރާފައި)

2 މޭޒުމަތީ ސަމުސާ ވެނީލާ ކަސްޓަޑް (ކުޑަ ފެން ފޮދަކަށް އަޅާފައި ގިރާފައި)

ތައްޔާރުކުރަނެގޮތް:

ތެލި އުންދުން މައްޗަށް އުދާފައި ކިރު އަޅާފައި މަޑުގިނީގައި 20 މިނެޓަށް ކައްކާށެވެ. ދެން މީގެ ތެރެއަށް މުގުރާފައި ހުރި އަލްމަންޑް އަދި ޕިސްޓާޗިއޯ ޕައުޑަރ އަޅާފައި ދޭފަތުން ހަލުވަމުން 1މިނެޓަށް ކައްކާށެވެ. ދެން ގިރާފައި ވާ ކަސްޓަޑް ފެންފޮދު މަޑު މަޑުން މީގެ ތެރެއަށް އަޅަމުން ދޭފަތުން ހަލުވަމުން ގެންދާށެވެ. 5 މިނެޓް ވަންދެން ކިރު އޮލަވަންދެން ކައްކާ ފައި އުނދުން މަތިން ތެލިބާލާށެވެ. ކިރު ހިހޫވަންދެން ބެހެއްޓު މަށްފަހު ރަނގަޅަށް ހިހޫވީމަ ކިއުބް ގޮތަށް ކޮށާފައިވާ ޖެލީ މީގެ ތެރެއަށް އަޅާށެވެ. އަދި ފޯވަންދެން ބެހެއްޓި އިސްބަޫލު ކޮޅު އަޅާފައި އައިސް ކިއުބް އަޅާފައި ތަށްޓަށް އަޅާފައި ބޭނުން އެއްޗަކުން ގާނިޝް ކޮށްލުމަށްފަހު ސާރވް ކުރާށެވެ.

ނޯޓް: ބޭނުން ނަމަ ރީތި ކޮށްލަން ބޭނުން ކުލައެއް ކިރަށް އަޅާލެވިދާނެއެވެ.