English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަވީއްލުމަށް ފަހު ކާން ވަރަށް މީރު ޑިޝްއެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ފަރާޓާ ކޮއްތުރޮށި”ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

5 ފަރާޓާ (ކުދިކޮށް ކޮށާފައި)

1 ޖޯޑު ކެރެޓު (ކުދިކޮށް ކޮށާފައި)

1 ޖޯޑު ކެބެޖު (ކުދިކޮށް ކޮށާފައި)

2 ކެޕްސިކަމް (ކުދިކޮށް ކޮށާފައި)

5 ލޮނުމެދު (ހިމުމންކޮށް ކޮށާފައި)

2 ފިޔާ (ކޮށާފައި)

1 ދަޅު މަސް ނުވަތަ ވަޅޯމަސް ކޮށާފައި

4 ކުކުޅު ބިސް

2 މޭޒުމަތީ ސަމްސާ ޓޮމާޓޯ ޕޭސްޓް

1 ސައިސަމްސާ ހަވާދު ( ފުއްލާ ޖެހި ރީނދޫ ދަޅު / ކުކުޅު ހަވާދު)

ލޮނު (ރަހަލާވަރަށް)

1 ސައިސަމުސާ ހިކިމިރުސް (ރާޅުކޮށް މުުރާފައި)

ހިކަނދިފަތް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ފިޔާ އަދި ލޮނުމެދު މީރުކުރާނީއެވެ. ދެން ފިޔާކޮޅު ރަތްވާން ފެށީމަ ހިކަނދފަތް އަޅައި، ޓޯމާޓޯ ޕޭސްޓް އަޅާނީއެވެ. އެއަށް ފަހު ހިކިމިރުސް އަދި ހަވާދު އެޅުމަށްފަހު ރަގަނޅަށް އެއްކޮށްލާނީއެވެ. ދެން މަސްދަޅު އަޅައި ކެރެޓް، ކެބެޖު އަދި ކެޕްސިކަމް އަޅާނީއެވެ. ދެން ބިސް އަޅައި ރަގަނޅަށް އެއްކުރުމަށް ފަހު ފަރާޓާވެސް އަޅާށެވެ، އެއައްފަހު ލޮނު އެޅުމަށް ފަހު އުނދުން މަތިން ތެލި ބާލާނީއެވެ. ރަގަނޅަށް އެއްކުރުމަށް ފަހު ސާވް ކުރާށެވެ.